ads
ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް މިއަދުގެ ޖަލްސާގައި..
މަޖިލިހަށް ރޭ ދިޔައީ އާރަށުގައި ފުޓުބޯޅަ ކުޅެގެން އައިގޮތަށް : މުއްތަލިބް
ރޭ ރައްޔިތުން މަޖިލިހަށް ދިޔައީ އާރަށުގައި ފުޓުބޯޅަ ކުޅެގެން އައިގޮތަށްކަމަށާއި ކަޅު ދަބަހެއް އޮތީ އެހެން ވެގެންކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދަޅުވެއްޖެ އެވެ.
Advertisement

ރޭގެ ވަގުތެއްގައި ހައުސިން މިނިސްޓަރު، އަބްދުﷲ މުއްތަލިބު ކަޅު ބޮޑު ދަބަހެއް އަޅުއްވައިގެން މަޖިލީހުން ނުކުންނަވާ ވީޑިއޯތަކެއް ވަނީ އާއްމުވެފަ އެވެ.

މިކަމާއި ގުޅިގެން މުއްތަލިބް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ރޭ ރައްޔިތަންގެ މަޖިލީހުގެ އިދާރާއަށް އެޓާނީ ޖެރެރަލް އަހްމަދު އުޝާމާއިއެކު ދިޔައީ މަޖިލިސް މެންބަރުންތަކެއްގެ އެދުމަކަށް ރިއަލް އެސްޓޭޓު ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެންބަރުން ސާފުކުރަށް
ބޭނުންވި ބައެއް ކަންކަން ސާފުކޮށްދިނުމަށްކަމަށެވެ. އަދި މަޖލިހަށް ދިޔައީ އާރަށުގައި ފުޓް ބޯޅަ ކުޅެފައި އައިގޮތަށް ކުޅޭ އެއްޗެހި ހުރި ދަބަސް ހިފައިގެންކަމަށްވެސް މުއްތަލިބި ވިދާޅުވި އެވެ. 

" އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑިއާއި އަޅުގަނޑު އާރަށުން ފުޓުބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ. މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނަރުން ސްކޭންވެސް. ކޮށްގެންނެވެ ބައްދަލުވުމަށްފަހު މަޖިލިސް އިދާރާއިން އަޅުގަނޑު ނިކުތީ އެދަބަސް ކޮޑުގައި އަޅުވައިގެންނެވެ." މުއްތަލިބް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަކީ ދިވެހި ސިފައިން ސަލާމަތީ ކަންކަން ބަލަހައްޓާ ސިސީޓީވީ ކެމެރާއާއި، ދަބަސް ސްކޭނަރު އަދި ބޮޑީ ސްކޭނަރު ބެހެއްޓިފައިވާ ތަނެއްކަމުން ދައުލަތުގެ ވަޒީރުންނަށްވެސް އެތަނަށް ވަދެވެނީ އައިޑީ ކާޑާގެ ކޮޕީ ފޮނުވައިގެން ކުރިން ހުއްދަ ހޯދައިގެންކަމަސް މުއްތަލިބް ވިދާޅުވި އެވެ. 

" އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އޮތް ބައްދަލުވުމަށް ދިޔައީ މިދެންނެވި ގޮތަށް ސެކިއުރިޓީ ކަންކަން ފުރިހަމަކޮށްގެންނެވެ." މުއްތަލިބް ވިދާޅުވި އެވެ.

ދިވެހިންގެ ޖީބަށް ޑޮލަރު ނުވަނަސް "މަޖިލީހަށް ޑޮލަރު ވަދެއްޖެ" ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުގެ ތުހުމަތު މިއަދު ވަނީ ކުރައްވާފައެވެ. އަދި މިނިސްޓަރު މުއްތަލިބް ގެންނެވި ދަބަހުގައި ހުރީ ޑޮލަރުކަމަށްވެސް މީކާއީލް ވަނީ ތުހުމަތުކުރައްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް