ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ/މަޖިލިސް
ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ސުޕަ މެޖޯރިޓީއަށް ފުރުސަތު ކުޑަ: ރައީސް
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީސް އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުން ސިޔާސީ ޕާޓީތަކަށް އެއްވަރަކަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، ވަކި ޕާޓީއަކަށް މަޖިލީހުގެ ސުޕް މެޖޯރިޓީ ލިބުމުގެ ފުރުސަތުވެސް ކުޑަވެގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލަން އަންނަ މަހުގެ 4ގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނަގަން ރައީސް މުއިއްޒުގެ ގަރާރަކުން ވަނީ އަންގަވައިފަ އެވެ.

މި ވޯޓުގައި ދެ އިންތިހާބު އެއްކޮށްލަން ރައްޔިތުން އާނއެކޭ ބުނެފި ނަމަ 2029ގައި އޮންނަން ޖެހޭ މަޖިލިސް އިންތިހާބު ބާއްވަން ޖެހޭނީ، 2028ގެ ރިޔާސީ އިންތިހާބާ އެކު އެވެ.

ރޭ ސަންގު ޓީވީން ބޭއްވި "އެސްޕްރެސޯ ވިތު ރައީސް" ގައި ރައީސް މުއިއްޒު އެންމެ ބޮޑަށް ވާހަކަފުޅު ދެއްކެވި އެއް މައުލޫއުއަކީ މައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުންނެވެ.

ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގެ ސަގާފަތަށް ބަލާއިރު، ވެރިކަން ކުރާ ޕާޓީ އަށް މި ފަހުގެ ތާރީހުގައި އަބަދުވެސް ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ލިބެމުން އަންނަކަން ފާހަގަ ކުރައްވައި ރައީސް ދެއްކެވީ ވޯޓުލާން ނުކުންނަ މީހުންގެ އަދަދެވެ.

"އެހެންވީމާ އެއް ދުވަހެއްގައި ވޯޓުލަންޏާ މަޖިލީހަށް ވެސް އަންނާނީ ގާތްގަނޑަކަށް ދެ ޕާޓީއަކަށް ނޫނީ ދެތިން ޕާޓީއެއްގެ ތެރޭ ބެހިގެން އެއްވަރަކަށް ނޫނިއްޔާ އީކުއަލް ރިޕްރެޒެންޓޭޝަނެކޭ. އެހެންވީމާ އެ ޗާންސަސް މި ލިބެނީ ދެ އިންތިހާބު އެއް ދުވަހެއްގައި އޮވެގެން،" ރައީސް ވިދާޅުވި އެވެ.

ތަފާސްހިސާބުތަކާ ހަވާލާ ދެއްވައި ރައީސް ވިދާޅުވީ 2008 ގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް 54 ޕަސެންޓު، ޑީއާރުޕީ އަށް 46 ޕަސެންޓު، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިިހާބުގައި ޕީޕީއެމަށް 53 ޕަސެންޓު، އެމްޑީޕީ އަށް 48 ޕަސެންޓު، 2018 ވަނަ އަހަރު ޕީޕީއެމަށް 58 ޕަސެންޓު، އެމްޑީޕީ އަށް 42 ޕަސެންޓު އަދި އެންމެ ފަހުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީއެންސީ އަށް 54 ޕަސެންޓު، އެމްޑީޕީ އަށް 46 ޕަސެންޓު ލިބުނު ކަމަށެވެ

ރައީސް އިތުރަށް ފާހަގަކުރެއްވީ، ވޯޓުލުމަށް އެންމެ ގިނަ ރައްޔިތުން ނުކުންނަނީ ރިޔާސީ އިންތިހާބުގައި ކަމަށާއި، ފާއިތުވި އަހަރުތަކަށް ބަލާއިރު މަޖިލީސް އިންތިހާބުގައި ވޯޓުލާން ނުކުމެފައިވަނީ އެއަށްވުރެ މަދުން ކަމަށެވެ. އެހެންކަމުން ވޯޓުލާން ނުކުންނަ ޓާންއައުޓްވެސް އިތުރުވެވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ. 

އޭގެއިތުރުން ސަރުކާރު ބަދަލުވެ، މަޖިލީސް އިންތިހާބު ބާއްވަން އެ އޮންނަ ހަ މަސް ދުވަސްތެރޭ ސަރުކާރަށް ކުރިމަތިވާ އެކިއެކި ދަތި އުނދަގޫތަކުންވެސް ސަލާމަތްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެ ހަ މަސް ދުވަހު މަޖިލީސްތެރޭ ކަންކަން ހިނގާ ގޮތުން ސަރުކާރަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރެއްވި އެވެ. 

ސަރުކާރު ބަދަލުވާއިރު މަޖިލީހުގައި އޮންނަނީ އިދިކޮޅުގެ މެޖޯރިޓީ އޮންނަ މަޖިލީހެކެވެ. އެހެންކަމުން ސަރުކާރު ހިނގައިގަންނަން ވަރަށް އުނދަގޫވާ ކަމަށާއި، އެ މެޖޯރިޓީ ނެގުމަށްވެސް ފުރުސަތު ހަނިވެގެންދާކަން ރައީސް ފާހަގަކުރެއްވި އެވެ. 

މަޖިލީހުގެ ސުޕަ މެޖޯރަޓީ މިވަގުތު އޮތީ ވެރިކަންކުރާ ޕީއެންސީގަ އެވެ. މިދިޔަ އެމްޑީޕީ ސަރުކާރުގައި ވެސް މަޖިލީހުގެ ސުޕަ މެޖޯރަޓީ އޮތީ އެމްޑީޕީގަ އެވެ. ވެރިކަމުގައި ތިބޭ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރަޓީ އޮންނާތީ ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަމުގެ ޝަކުވާ ބޮޑެވެ.

މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ. 

އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:

  • ރައްޔިތުންގެ ބާރު
  • ރައްޔިތުންގެ މަޖިލީސް ތަރުތީބު ކުރުން
  • ގާނޫނު އަސާސީން ރައްކާތެރިކަން ލިބިފައިވާ ގައުމީ ތަސައްވުރަކާއި ގައުމީ ތަރައްގީގެ ދިގުރާސްތާގެ ޕްލޭނަކަށް ރާއްޖެ ތަރައްގީ ކުރުން ލާޒިމް ކުރުން
  • އަތޮޅު ހިންގުމަށް މިހާރަށްވުރެ އިތުރަށް ބާރުތައް ދޭން ލިޔުން
  • އަދުލު އިންސާފުގެ ދާއިރާ އިތުރަށް މިނިވަން ކުރެވޭނެ ގޮތެއް ގާނޫނުއަސާސީގެ ތެރެއިން ހޯދުން
  • އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުން
  • އަތޮޅު ހިންގުން ރައްޔިތުންގެ ޝާމިލުވުން އިތުރުކުރުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމް އަލުން ތަރުތީބު ކުރުން
  • މިނިވަން ބަންޑާރަ ނައިބެއް ހޯދުން
  • ސިޔާސީ ޕާޓީތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާ ކުރުން
  • ދައުރު މެދުން މިޑްޓާމް އިންތިހާބު ބޭއްވުމުގެ އިންތިޒާމެއް ހަމަޖެއްސުން 
  • ސަރުކާރު ރޯލް ސާފުކޮށް ލިޔުން
  • ގާނޫނުއަސާސީ އާ ހިލާފުވާ ދައުލަތުގެ އިސް ހިންގުންތެރިން ކަމަށްވާ ހުވާކޮށްގެން މަގާމާ ހަވާލުވާ މީހުންނަށް ހާއްސަ އަދަބެއް ކަނޑައެޅުން
  • ސިޔާސީ މަގާމަށް މީހުން އައްޔަނު ކުރެވޭނެ އަދަދު ކަނޑައެޅުން
  • ދައުލަތް ޖަވާބުދާރީ ކުރުމުގެ ނިޒާމު އަލުން ތަރުތީބުކޮށް، ސަރުކާރާއި މުޅިން ވަކިން މިނިވަންކަމާއިއެކު ދައުލަތުގެ އެސެޓްތައް ހާމަކޮށް ބަލަހައްޓާނެ ނިޒާމެއް އެކުލަވާލުން
  • ހިންގުން ހަރުދަނާވާނެ އޮނިގަނޑެއް ގާނޫނުއަސާސީން ބާރު ލިބިގެން އުފެއްދުން

މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. 

އަދި މި ދެންނެވި ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ގޮތުން ރައްޔިތުންގެ ޝާމިލުވުން އޮވެގެން ގާނޫނު އަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މަސައްކަތް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައި އެވެ. އަދި ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަރުހަލާ ވެސް އަލުން ތަރުތީބު ކުރުމަށް ގާނޫނު އަސާސީ އިސްލާހު ކުރުން ވަނީ ގޮވާލާފަ އެވެ.

އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް މި މަސައްކަތުގައި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް "އެދޭ ރާއްޖެ" ހަރަކާތުން ވަނީ ގޮވާލައިފަ އެވެ. 

"މިއީ ފަޅި ސިކުންތަކަށް އޮތް ބާރު 5 އަހަރަށް ހޯދުމަށް ރައްޔިތުން ހިންގާ ހަރަކާތެކެވެ" ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް ދައުލަތުގެ އޮނިގަނޑު ފުރޮޅާލުމަށް ހުށައަޅާ ކަރުދާހަށް ތިޔަ އެންމެ ބޭފުޅުންގެ ހިޔާލަށް ހުޅުވާލަމެވެ. 

  • އެދޭ ރާއްޖެ ކަރުދާހަށް ހިޔާލު ފޮނުއްވުމަށް: [email protected]
 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;