ފޮޓޯއިން ކަނާތް ފަރާތަށް ތިފެނިގެންދަނީ ސޯނަމް ކަޕޫރެވެ. އަދި ވާތް ފަރާތުގައި އެހުރީ ރިއާއެވެ. ފޮޓޯއިން އެއީ ސޯނަމް ކަން އެނގިގެން ދެއެވެ. ނަމަވެސް ރިއާ އާ އެހާ ވައްތަރެއް ނޫނެވެ.
ސޯނަމް ވަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ. އެނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ބާގް މިލްކާ ބާގް" އާއި "ނީރްޖާ" އާއި "ހޫބްސޫރަތު" އަދި "ސަންޖޫ" ހިމެނެ އެވެ.
ސޯނަމް އެންމެ ފަހުން ފެނިގެންދިޔައީ "ދަ ޒޯޔާ ފެކްޓާ" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެ އެވެ.
ރިއާ އަކީ ފިލްމު ޕްރޮޑިއުސަރެކެވެ. އެގޮތުން އޭނާ ވަނީ "ވީރޭ ދި ވެޑިން" އާއި "އައިޝާ" އަދި "ހޫބްސޫރަތު" ފަދަ ފިލްމުތައް ޕްރޮޑިއުސް ކޮށްފައެވެ.