އާދައިގެ ހުދު ކުލައިގެ ހެދުމެއްގައި މަލައިކާ ހުރިއިރު، ހާޝް ހުރީ ނޫ ކުލައިގެ ގަމީހެއް ލައިގެންނެވެ. މިއީ ހަމަހިމޭން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ކުރި ދަތުރެއް ނަމަވެސް، އެތަނުގައި ތިބި މީހުންނަށް މަލައިކާ އެނގުމުން ގިނަ ބަޔަކު ވަނީ އޭނާއާ އެކު ސެލްފީ ނަގާފަ އެވެ. ދެ މީހުން އެކީގައި ފައްޅި ކައިރީގައި އުފާވެފައި ތިބި މަންޒަރު މި ފޮޓޯތަކުން ފެނެ އެވެ.
މީގެ ކުރިން ސޯރަބް ބޭދީ އާ އެކު ރައްޓެހިވެގެން އުޅޭ ކަމަށް ދެކެވުނު ވާހަކަތައް މަލައިކާ ވަނީ ދޮގުކޮށްފަ އެވެ. އެގޮތުން އެފަދަ ވާހަކަތަކާ މެދު އޭނާ އާއި ދަރިފުޅު އަރްހާން ހާން ހީނހަދާ ކަމަށް މަލައިކާ ބުންޏެވެ. އެހެންނަމަވެސް، ހާޝް އާ އެކު މަލައިކާ ފެނުމުން އަނެއްކާވެސް މި ވަނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ގަދަވެފަ އެވެ. މި ދެ މީހުން މީގެ ކުރިން ވެސް އެކި ތަންތަނުން އެކީގައި ފެނިފައިވެ އެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން އެއްވެސް މީހަކު އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;