ގަތަރު އެއާވޭސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓު (ޖީއެސްއޭ) އޭސް ޓްރެވަލްސްގެ ސީއީއޯ މުހައްމަދު ފިރާގު މިރޭ ފޭސްބުކްގައި ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 8 ވަނަ ދުވަހުން ފެށިގެން، ގަތަރު އެއާވޭސްއިން ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމާފައިވާ ކަމަށެވެ.
މިގޮތުން، ދަތުރުތައް އަލުން ފަށާނީ، އޭ350ގެ މަރުކާގެ މަތިންދާބޯޓު ބޭނުންކޮށްގެން ހަފްތާއަކު ފަސް ދަތުރުކަމަށް އޭނާ ވިދާޅުވި އެވެ.
ގަތަރު އެއާވޭސް އަކީ މުހިއްމު މަންޒިލުތަކަކުން ރާއްޖެއަށް ފަތުރުވެރިން އުފުލާ އެއާލައިނެކެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނާ ދެކޮޅަށް ފެބްރުއަރީ 28ގައި ފެށި ހަނގުރާމައިގެ ސަބަބުން، މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ބަންދުކުރަންޖެހި، އެ ސަރަހައްދުގެ ވައިގެ އުދުހުންތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރައިފަ އެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާތަނަށް ކުރެވުނު މަސައްކަތްތަކުން ރާއްޖެ އަންނަ ފްލައިޓުތައް އިތުރުވެ، ފަސިންޖަރުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;