ads
މީގެ ކުރިން، ރައީސްގެ ސްކޮލާޝިޕް ދެއްވި ރަސްމިއްޔާތެއް: ކަނޑައަޅާ ދާއިރާތަކުގެ ބަދަލުގައި، ބޭނުން ދާއިރާއަކުން ކިޔެވޭގޮތަށް ރައީސްގެ ސްކޮލަޝިޕްގެ އުސޫލު ވަނީ އަލުން ބަދަލުކޮށްފައި - ފޮޓޯ/ ޕީއެސްއެމް
ރައީސްގެ ސްކޮލާޝިޕްގައި ބޭނުން ދާއިރާއަކުން ކިޔެވޭނެގޮތަށް އުސޫލު ބަދަލުކޮށްފި
ރައީސްގެ ސްކޮލަޝިޕްގައި ބޭނުން ދާއިރާއަކުން މަތީ ތައުލީމް ހާސިލްކުރެވޭ ގޮތަށް އަލުން އުސޫލު ބަދަލުކޮށްފި އެވެ.
Advertisement

މީގެ ކުރިން ވެސް އޮތީ، ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ބޭނުން ދާއިރާއަކުން ކިޔެވެ އެވެ. ނަމަވެސް، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ރޭ ދަންވަރު އާންމުކުރި އުސޫލެއްގައި ވަނީ، ރައީސްގެ ސްކޮލަޝިޕް ދޭނީ، އެ ވަގުތަށް މިނިސްޓްރީގައި ޝާއިއުކޮށްފައިވާ "ޓްރެއިނިން ނީޑްސް ރިކުއަޔާމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅާފަ އެވެ.

އެއަށްފަހު، ރޭ 23:24ގައި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަނެއްކާވެސް އުސޫލު ގެޒެޓުކޮށްފަ އެވެ. އެ އުސޫލުގައި ވަނީ، އެ އުސޫލުގެ ދަށުން، ދަރިވަރުން ކިޔަވަން ބޭނުން ކޮންމެ ދާއިރާއެއްގައި ކިޔެވުމުގެ ފުރުސަތު ދެވޭނެ ކަމަށެވެ.

ރައީސްގެ ހާއްސަ ސްކޮލާޝިޕް ލިބޭ ދަރިވަރުން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ލިބޭގޮތަށް އުސޫލު ބަދަލުކުރައްވާފައިވާއިރު މިދިޔަ އަހަރު އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން ރައީސްގެ ހާއްސަ ސްކޮލާޝިޕް ހޯދި ދަރިވަރުންނަށް، އެ ދަރިވަރުން ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދޭގޮތަށްވެސް ވަނީ ނިންމާފަ އެވެ.

މި ބަދަލުތަކުގެ އިތުރުންވެސް ދަރިވަރުންނަށް ފާސެހަ އިންތިޒާމުތައް ހަމަޖެއްސުމާއި އަދި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭ ކަންކަންވެސް ވަނީ ސަރުކާރުން ގެޒެޓްކުރެއްވި އުސޫލުގައި ހިމަނުއްވާފަ އެވެ.

އޭ ލެވެލްގައި އެންމެ މަތީ ވަނަ ހޯދާ ދަރިވަރުންނަށް ދެ ބާވަތެއްގެ ސްކޮލަޝިޕެއް ސަރުކާރުން ދެ އެވެ. އޭގެ ތެރެއިން، ހައި އެޗީވާސް ސްކޮލަޝިޕް ލިބޭ އުސޫލަށް ވެސް ސަރުކާރުން ވަނީ ބަދަލު ގެނެސްފަ އެވެ. މި އަހަރުން ފެށިގެން އެ ސްކޮލަޝިޕް ލިބޭނީ އެއް މާއްދާއިން އޭ ސްޓާ އަދި ހަތަރު މާއްދާއިން އޭ ފާސް ހޯދާ ދަރިވަރުންނަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;