ads
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު (ކ)
ވޯޓްގެ ސިއްރުކަން ގެއްލޭގޮތަށް ކޮމިޝަނުން އެއްކަމެއްވެސް ނުކުރާނެ: އީސީ
އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބާއްްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު 2026 ގައި ޓް ސިއްރުކަން ގެއްލޭގޮތަށް އެއްވެސްކަމެއް ނުކުރާާނެކަމަށް އިލެކްޝަންސް ކޮމިޝަުން ބުނެފިއެވެ.
Advertisement

އެ ކޮމިޝަނުންް މިރޭ ބުނީ  އިންތިހާބުގެ ސިއްރުކަން ގެއްލޭގޮތަށް ޢަމަލު ކުރަމުންދާކަމަށް ތުހުމަތުކޮށް މީސްމީޑިއާގައި ހަބަރުތައް ފަތުރަމުން އަންނަކަކަމަށެވެ. 

އީސީން ބުނީ އެ ކޮމިޝަނުގެ މަސައްކަތާމެދު އާންމުންގެ މެދުގައި ސުވާލުއުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާކަން ހިތާމައާއެކު ފާހަގަކރާކަމަށެވެ. އަދި ވޯޓުގެ ސިއްރުކަންގެއްލޭގޮތަށް ކޮމިޝަނުން މަސައްކަތްކުރަމުންދާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއްނެތް ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް އީސީން ބުނެއެވެ. 

ވޯޓުލުމުގެ އެންމެހައި މަރުހަލާތައް ރޭވިފައިވަނީ ވޯޓުގެ ސިއްރުކަން އެއްވެސް މިންވަރަކަށް ނުގެއްލޭނެފަދަ ހަރުދަނާ އުސޫލުތަކެއްގެ މަތިންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެގޮތުން ވަކިގޮތަކަށް ނުވަތަ ވަކިފަރާތަކަށް ވޯޓުލުމަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ އޮފިޝަލުން ނާންގާނެކަމަށްވެސް އީސީން ބުނެއެވެ. އަދި ހަމަޖެހިފައިވާގޮތަށް ކޮންމެ މީހަކަށްވެސް 3 ކަރުދާސް އެމީހަކު ބޭނުންވާގޮތަކަށް ވޯޓުލުމަށް ދޫކުރާނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;