މީހުން ހޯދަނީ ފުލުހުންގެ ކޮންސްޓަބަލްގެ މަގާމަށެވެ. މި މަގާމަށް 15 މީހަކު ބޭނުންވާކަމަށް ފުލުހުން ބުނެއެވެ. މި މަގާމުގެ މުސާރައަކީ /15,500 ރުފިޔާކަމަށްް ފުލުހުންގެ އިދާރާއިން ބުނެއެވެ.
މުސާރަ ބެހިގެންވާ ގޮތުގެ ތަފުސީލު
- އަސާސީ މުސާރަ: -/8,990 ރުފިޔާ
- މަޤާމުގެ އެލަވަންސް: -/6,510 ރުފިޔާ
މީގެއިތުރުން ފުލުހުންގެ ވަޒީފާގެ ގަވާއިދުގައިވާ ގޮތުގެމަތިން، އެހެނިހެން އިނާޔަތްތަކާއި އެލަވަންސްތައް ލިބޭނެކަމަށާއި އޭގެ އިތުރުން ކެއުމާއި ބޭސްފަރުވާ ކުރުމުގެ ހަރަދުވެސް ލިބޭނެކަމަށް ފުލުހުން ބުނެއެވެ.
މަގާާމަށް ކުރިމަތިލެވޭ ޝަރުތުތައް
މި މަގާމަށް އެދި ހުށަހަޅާ ފަރާތްތަކުން ފުލުހުންގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، މިމަހުގެ 08 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގުގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހަޅަންޖެހޭނެކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;