ads
ބީއެމްއެލްގެ ސީއީއޯ ޝަރީފް: މަދު ދުވަސްކޮޅެއް ތެރޭ އައްޑޫން ސްވައިޕަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައި -- ފޮޓޯ/ ބީއެމްއެލް
ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި: ޝަރީފް
ފައިސާ ދެއްކުމަށް ބޭނުންކުރާ ބައިނަލްއަގުވާމީ ނިޒާމު، ސްވިފްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ސަސްޕެންޑުކޮށްފައިވާ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް އެ ބޭންކުން ދޮގުކޮށްފި އެވެ.
Advertisement

ބޭންކުން މިހެން ބުނެފައިވާއިރު ސޯޝަލް މީޑިއާގައި ވެސް އެ ބޭންކާ ގުޅޭގޮތުން އަންނަނީ ބައެއް ވާހަކަތައް ދައުރުވަމުންނެވެ. އެވާހަކަތައް ދޮގުކޮށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބީއެމްއެލް އިން ހުޅުމާލެ 1 ގައި އަމިން ކޮންސްޓްރަކްޝަނާ ހަވާލު ކޮށްގެން އިމާރާތްކުރާ 364 ފްލެޓުގެ ބިންގާ އެޅުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ ބޭންކާ ބެހޭ ގޮތުން ދޮގު ވާހަކަތައް ފަތުރަނީ އެ ބޭންކާއި މުޅި ރާއްޖޭގެ އިގުތިސާދަށް ވެސް ގެއްލުން ލިބޭ ގޮތަށް ކަމަށެވެ.

މިއަދު އެގޮތަށް ފަތުރަން މަސައްކަތްކޮށްފައިވާ އެއް ވާހަކައަކީ، ސްވިފްޓުން ބީއެމްއެލް ސަސްޕެންޑުކޮށްފައިވާ ކަމަށާއި އެހެންކަމުން ޓީޓީ ފަދަ ކްރޮސް ބޯޑާ ޕޭމަންޓް ނެހެދޭ ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ކަމަށެވެ. އަދި އެ ބޭންކުގެ ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާއެއް ނެތް ކަމަށްބުނެ ވެސް ވާހަކަތައް ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެކޭ. ސްވިފްޓުން ސަސްޕެންޑެއް ވެސް ނުކުރެއޭ، ބޭންކުގައި ބޭރު ފައިސާގެ ލިކުއިޑިޓީ ހުންނަން ޖެހޭ ވަރަށް އެބަހުރި، އަދި ނޮސްޓްރޯ އެކައުންޓުތަކުގައި ވެސް ހުންނަންޖެހޭ ލިމިޓަށް ބޭރު ފައިސާ އެބަހުރި. އަދި ބޭންކުން މިދަނީ ކްރޮސް ބޯޑާ ޕޭމަންޓުތައް ކާޑުގެ ހިދުމަތާއި ޓީޓީ ހިދުމަތް ހިމެނޭހެން ހިދުމަތްދެމުން. ނޮސްޓްރޯ އެކައުންޓުތަކުގައި ފައިސާ ނުހުންނަ ނަމަ، އިންޓަނޭޝަނަލް ޕޭމަންޓުގެ އެއްވެސް ހިދުމަތެއް ބޭންކަށް ނުދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މެދުއިރުމަތީގައި ހިނގާ ހަނގުރާމައިގެ ސަަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ މި ހައްސާސް ދަނޑިވަޅުގައި މިފަދަ ދޮގު މައުލޫމާތު ފެތުރުމުން އާންމުންނާއި ބޭންކުގެ ކަސްޓަމަރުންނާއި ބޭންކުގެ ޕާޓްނަރުންނާއި ބޭންކާ މެދު ނުބައި ތަސައްވުރެއް އުފެއްދުމުގެ ބޭނުމަކީ ރާއްޖޭގެ ބޭންކިން ނިޒާމައި އިގުތިސާދަށް ގެއްލުން ދިނުން ކަމަށް ޝަރީފް ސިފަކުރެއްވި އެވެ. 

ޝަރީފް ވިދާޅުވީ ބޭންކާ ގުޅޭ މައުލޫމާތު ދޭނީ ސީދާ ބޭންކުން ނުވަތަ މަރުކަޒީ ބޭންކް އެމްއެމްއޭ އިން ކަމަށެވެ. އަދި ކާކުކަން ނޭނގޭ ގޮތަށް އަދި ބޭންކުން ދޭ ސައްހަ މައުލޫމާތަށް ބިނާ ނުކޮށް ފަތުރާ މިފަދަ ސްކޭމްތަކަށް ސަމާލުވުމަށް ކަސްޓަމަރުންނަށް ޝަރީފް ރޭ އިލްތިމާސްކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;