ads
ގަވައިދާ ހިލާފަށް މަގު ހުރަސްކޮށްފިނަމަ ދެން ޖޫރިމަނާ ކުރާނެ
ގަވައިދާ ހިލާފަށް މަގު ހުރަސްކޮށްފިނަމަ ޖުރިމަނާކުރަން ނިންމައިފި
ގަވައިދާ ހިލާފަށް މަގު ހުރަސްކޮށްފިނަމަ ޖުރިމަނާކުރަން ނިންމާ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
Advertisement

2009 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އަންނަ އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހުކުރަން ސަރުކާރުގެ ފަރާތުން ހުށައެޅީ ކުރެންދޫ ދާއިރާގެ ޕީއެންސީ މެމްބަރު މުހައްމަދު ޝާމިން ހަބީބެވެ. 

މި ބިލް މަޖިލިހުން މިއަދު ފާސްކުރީ ވޯޓްގައި ބައިވެރިވި 59 މެމްބަރުންގެ ތެރެއިން 47 މެމްބަރުންގެ ވޯޓުން ނެވެ. ބިލް ފާސްކުރުމާ ދެކޮޅަށް ވޯޓް ދެއްވީ 12 މެމްބަރުން ނެވެ.

އަލަށް ހެދި ގާނޫނުގައިވާ ގޮތުން މަގުމަތީގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ގާނޫނުތަކާ ހިލާފުވާ އެކަމަކު ގާނޫނުގައި ވަކި އަދަބެއް ކަނޑައެޅިފައިނުވާ މީހުންނަށް ދެވޭނެ ޖޫރިމަނާގެ އަދަބުތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ. ގަވާއިދާ ހިލާށް މަގު ހުރަސް ކޮށްފި ނަމަ ޖޫރިމަނާ ކުރަން ވަނީ ނިންމާފަ އެވެ. އެގޮތުން ގަވާއިދާ ހިލާށް މަގު ހުރަސް ކޮށްފި ނަމަ އެ މީހަކު 100ރ. އިން ޖޫރިމަނާ ކުރަން ގާނޫނުގައި ވަނީ ހިމަނާފަ އެވެ. 

ގާނޫނަށް ގެބައި ބަދަލުތަކުގެ ތެރޭގައި އުޅަނދަށް 20 އަހަރުވުމުން ރަޖިސްޓްރީ ބާތިލުކުރުމާއި ފުލުހުންނަށް ބޮޑެތި ބާރުތަކެއް ދިނުމާއި ބައެއް އުޅަނދުތަކުގެ އަހަރީ ފީތައްވެސް ޑަބްލަ ބޮޑުކުރަން ވަނީ ނިންމާފަ އެވެ. މީގެއިތުރުން ޑޮމެއިނަށް ބޮޑު ފީއެއްވެސް ނެގުމަށް ވަނީ ހިމަނާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;