ads
ގޭންގް ސްޓާރު ހިމާންޝޫ ބާއު
އިންޑިއާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ސްޓާރު ހިމާންޝޫ އެމެރިކާއިން ހައްޔަރުކޮށްފި
އިންޑިއާގެ އެންމެ ނުރައްކާތެރި އެއް ކުށްވެރިޔާ ކަމަށްވާ ގޭންގް ސްޓާރު ހިމާންޝޫ ބާއު އެމެރިކާއިން ހައްޔަރުކޮށްފި އެވެ.
Advertisement

ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިންނެވެ. އޭނާ އަކީ އިންޑިއާގެ ދިއްލީ އަދި ހަރިޔާނާގައި މީހުން މެރުމާއި، މީހުން މަރަން އުޅުމުގެ އިތުރުން ބިރުދައްކައިގެން ފައިސާ ފޭރުމުގެ ގިނަ މައްސަލަތަކެއްގައި ހޯދަމުންދިޔަ މީހެކެވެ.

އޭނާ ނިސްބަތްވަނީ ހަރިޔާނާގެ ރޯހްތަކް ޑިސްޓްރިކްޓަށެވެ. އޭނާ ވަނީ އިންޑިއާއިން ބޭރުގައި ފިލައިގެން އުޅެމުން ދިއްލީ، ހަރިޔާނާ އަދި ޕަންޖާބުގައި ބޮޑު ކުށުގެ ނެޓްވޯކެއް ހަދާފައެވެ. އިންޑިއާގެ ފުލުހުންގެ އެދުމުގެ މަތިން 2023 ވަނަ އަހަރުގެ އޮގަސްޓު މަހު އިންޓަޕޯލުން ވަނީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފަ އެވެ. މީގެ އިތުރުން އޭނާ އަކީ ނޭޝަނަލް އިންވެސްޓިގޭޝަން އެޖެންސީ (އެންއައިއޭ) އާއި ދިއްލީ އަދި ހަރިޔާނާ ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ.

2002 ވަނަ އަހަރު އުފަންވި ހިމާންޝޫ އަކީ ހަރިޔާނާގައި އުފެދިފައިވާ ކުށްކުރާ ގްރޫޕްތަކުގެ ތެރެއިން އެންމެ ޒުވާން އެއް ގޭންގް ސްޓާރެވެ. އޭނާ ކުށުގެ ވެއްޓަށް ވަދެފައިވަނީ ވަރަށް ހަގު އުމުރުގައި ކަމަށްވާއިރު، 2020 ވަނަ އަހަރު އޭނާ ވަނީ ކުޑަކުދިން ބަންދުކުރާ މަރުކަޒަކުން އިތުރު ބަޔަކާ އެކު ފިލާފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް