ads
ޑްރޭކް
އަންހަންނާ ދިމާލަށް އުކި ބުރާތައް ހުންނާނީ ފޮރުވާފަ: ޑްރޭކް
މަޝްހޫރު ލަވަކިޔުންތެރިޔާ ޑްރޭކްގެ ކޮންސަޓުތަކުގައި އަންހެން ސަޕޯޓަރުން އޭނާއާ ދިމާލަށް އުކާފައިވާ ގިނަ އަދަދެއްގެ ބްރާތައް ނުވަތަ އަންނައުނުތައް އޭނާ ހުންނަނީ ރައްކާތެރިކަމާއެކު ފޮރުވާފައިކަމަށް އެނާ ހާމަކޮށްފި އެވެ.
Advertisement

މިގޮތުން 2023 ވަނަ އަހަރު ބޭއްވި "އިޓްސް އޯލް އަ ބްލާ" ޓުއާގެ ތެރެއިން އޭނާއަށް ލިބުނު ގިނަ އަދަދެއްގެ ބްރާތައް ވަނީ ބޮޑު ގުދަނެއްގައި ރައްކާކޮށްފަ އެވެ.

ޑްރޭކްގެ ޓީމުން ވަނީ މި ބްރާތައް ފޮރުވާފައި ހުރި ތަނުން ނެރެ، ބިންމަތީގައި އަތުރާލުމަށްފަހު އޭގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ. ސަތޭކައަށްވުރެ ގިނަ ބްރާ ފެންނަ މި ފޮޓޯއިން، ކޮންސަޓުތަކުގައި އަންހެން ސަޕޯޓަރުން އޭނާއަށް ދޭ ތަރުހީބު ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. މިއީ އޭނާގެ ކާމިޔާބީގެ ހަނދާނެއްގެ ގޮތުގައި ފޮރުވާފައިވާ ތަކެތި ކަމަށް ގިނަ ބަޔަކު ސިފަކުރެ އެވެ.

މި ޓުއާގެ ތެރެއިން ނިއުޔޯކްގައި ބޭއްވި ޝޯއެއްގައި އަންހެނަކު އެއްލި ބޮޑު ބްރާއެއްގެ ސަބަބުން، އެ މީހާއަށް ވަނީ މަޝްހޫރު މެގަޒިންއަކުން ބޮޑު ފުރުސަތެއް ލިބިފަ. އެވެ. މީގެ އިތުރުން ޑްރޭކްގެ ބައްޕަވެސް ވަނީ ސަމާސާއަކަށް ހާއްސަކޮށް ފަހާފައިވާ ވަރަށް ބޮޑު ބްރާއެއް ކޮންސަޓު ތެރެއިން އޭނާއަށް ފޮނުވާފައެވެ. މިއީ ވެސް އޭނާ ފޮރުވާފައިވާ ކަލެކްޝަންގައި ހިމެނޭ ތަކެއްޗެވެ.

މިކަން އެނާ ހާމަކުރީ ލޮސް އެންޖެލިސްގައި ބޭއްވި ޝޯއެއްގެ ތެެރެއިންނެނެވެ އޭނާގެ ފަސް އަހަރުގެ ދަރިފުޅު އެޑޯނިސް އިންނަކަން އެނގުމުން ޑްރޭކް ވަނީ އެ ޝޯގައި އެފަދަ ކަމެއް ނުކުރުމަށް އެދިފައެވ. އާންމުކޮށް ބްރާ އުކުމަށް ތަރުހީބު ދިން ނަމަވެސް، ދަރިފުޅު އިންނަ ޝޯތަކުގައި އޭނާ ބޭނުންވަނީ އެފަދަ ކަންކަން ނުކޮށް، ސަޕޯޓަރުން މަޑުމަޑުން ތިބުމަށް އޭނާ ވަނީ އެދިފަ އެވެ. 

ޑްރޭކް ބުނާގޮތުން ކޮންސަޓުތަކުގައި ސަޕޯޓަރުން އުކާ ބްރާތަކަކީ އޭނާއަށް ވަރަށް ހާއްސަ އެއްޗެކެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާ ވަގުތުތަކުގައި، ފޮރުވާފައިވާ މި ބްރާތަކަކީ އޭނާގެ މަގުބޫލުކަން ހަނދާންކޮށްދޭ މުހިންމު ހެއްކިތަކެއްކަމަށް އޭނާ ބުނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް