ads
ޓެކްސީ ޑްރައިވަރާ ދެބަސް ވުމުން ވަގު ލޯބިވެރިއާ އާއެއްކޮށް އޮއްވާ އަންބިމީހާއަށް ފަޅާއަރުވާލައިފި
ޓެކްސީ ޑްރައިވަރާ ދެބަސް ވުމުން ވަގު ލޯބިވެރިޔާ އާއެއްކޮށް އަނބިމީހާއަށް ފަޅާއަރުވާލައިފި
އެމެރިކާގެ ޓެނެސީގެ މެމްފިސްގައި ހުރި އެއާބީއެންބީ ތަނެއް ކުއްޔަށް ހިފި މެހެމާނަކާއި އެ ތަނުގެ ހޯސްޓާ ދެމެދު އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން، މެހެމާނު އެހެން އަންހެނަކާއެކު ހުރި ސީސީޓީވީ ފުޓޭޖު އޭނާގެ އަންހެނުންނަށް ފޮނުވި މައްސަލައެއް ކޯޓަށް ހުށަހަޅައިފި އެވެ.
Advertisement

މައްސަލަ ކޯޓަށް ހުށަހެޅީ އެއާބީއެންބީގެ ހިދުމަތް ހޯދި ޝޯން މެކީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ދައުވާކޮށްފައިވަނީ އެ ތަނުގެ ހޯސްޓް ޕެމެލާ ފޯލާއާ ދެކޮޅަށެވެ.

މި މައްސަލަ އުފެދެން ދިމާވީ އެއާބީއެންބީގައި ހުރުމަށްފަހު ނެގި އިތުރު ފީތަކާ މެދު ހިޔާލުތަފާތުވެ، ޝޯން މެކީ ނެގެޓިވް ރިވިއުއެއް ދިނުމުންނެވެ. އޭގެ ބަދަލު ހިފުމުގެ ގޮތުން، ރޭގަނޑު ދަންވަރުގެ ވަގުތެއްގައި އެހެން އަންހެނަކާއެކު އޭނާ ހުރި ކެމެރާ ފުޓޭޖެއް އޭނާގެ އަންހެނުންނަށް ފޮނުވާނެ ކަމަށް ބުނެ ހޯސްޓް އިންޒާރު ދިން ކަމަށް ދައުވާގައިވެ އެވެ. އަދި އޭގެ ފަހުން އެ ވީޑިއޯތައް އޭނާގެ އަންހެނުންގެ އީމެއިލަށް ފޮނުވި ކަމަށްވެސް މެކީ ބުންޏެވެ.

ނަމަވެސް، ކޯޓަށް ހުށަހެޅި ލިޔުންތަކުގައި ހޯސްޓް ޕެމެލާ ފޯލާ ވަނީ އޭނާގެ އަންހެނުންނަށް އެއްވެސް މެސެޖެއް ނުވަތަ ފޮޓޯއެއް ފޮނުވި ކަމަށް އިންކާރުކޮށްފަ އެވެ. ސީސީޓީވީ ފުޓޭޖު ބޭނުންކޮށްގެން އަމިއްލަ ދިރިއުޅުމުގެ ސިއްރުތައް ފަޅާއަރުވާލައި، ނަފްސާނީ އަދި އަބުރަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ބުނެ މެކީ ވަނީ ބަދަލު ހޯދުމަށް ދައުވާކޮށްފަ އެވެ. މި މައްސަލައިގެ ގާނޫނީ ކުރިމަތިލުންތައް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް