ads
އިންތިހާބުގައި ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު
އިންތިހާބުގައި ދިން އެއްބާރުލުމަށް ފުލުހުންގެ ޝުކުރު
މިއަދު މުޅި ރާއްޖޭގައި އޮތް އިންތިހާބުގައި ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ޝުކުރު އަދާކޮށްފިއެވެ.
Advertisement

އިންތިހާބުގެ ކަންތަކާ ގުޅިގެން ފުލުހުންވަނީ، މިއަދަކީ އާދަޔާ ހިލާފަށް ހޫނުގަދަ ދުވަހަކަށްވީ ނަމަވެސް އިންތިހާބުގެ ކަންކަން ކުރިއަށްދިޔަ ވަގުތު އާންމު ރައްޔިތުން ދެއްކި ކެއްތެރިކަމާއި ދިން އެއްބާރުލުން ފާހަގަކޮށްފައެވެ. 

ހާއްސަކޮށް ވޯޓުލުން ކުރިއަށްދިޔައިރު ފުލުހުން ދެމުންދިޔަ އިރުޝާދުތަކާއި އެއްގޮތަށް ރައްޔިތުން އަމަލުކުރުމަކީ އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ހުރިހާ ކަމެއް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް ފުލުހުން ފާހަގަ ކުރިއެވެ.

ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބާ ގުޅިގެން ފުލުހުންވަނީ “އޮޕަރޭޝަން ބްލޫ ރޭ” ގެނަމުގައި ހާއްސަ އޮޕަރޭޝަނެއް ރޭ ފަށައިފައެވެ. މި އޮޕަރޭޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;