ads
އިންތިހާބުންް ބުނެދިނީ ފައިސާއަށް ވޯޓުލުން ނިމުމަކަށް އަތުވެއްޖެކަން: ޔާމީން
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުންް ބުނެދިނީ ރައްޔިތުން ފައިސާއަށް ވޯޓުލުން ނިމުމަކަށް އަތުވެއްޖެކަންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
Advertisement

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ތިންް އިންތިހާބުގައިވެސް ސަރުކާރަށް ވަނީ ބޮޑު ނާކާމިޔާބީއަކާއި ކުރިމަތިލާން ޖެެހިފައެވެ. ކައުންސިލް އިންތިހާބުގައި ހުރިހާ ސީޓީއެއްގެ މޭޔަރުކަމާއި ކައުންސިލްގެ މެޖޯރިޓީގެ އިތުރުން ހުރިހާ ސީޓިއެއްގެ އަންްހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ މެޖޯރިޓީވެސް ނެގީ އިދިކޮޅު އެމްޑީޕީންނެވެ. 

މީގެއިތުރުން ކައުންސިލުގެ ރައީސުންގެ ގިނަ ގޮނޑިތައް ވެސް ނެގީ އެމްޑީޕީ އާއި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނެވެ. އަދި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލަން ފެނޭތޯ ބަލަން ނެގި ފެންނަ ނުފެންނަ ވޯޓުން ވެސް ސަރުކާރު ވަނީ ބަލިވެފައިއެވެ.

ރައީސް ޔާމީން އިއްވެ އުފައްދަވާފައިވާ ފީއެންއެފުންް ރޭ  ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުން ފައިސާއަށް ވޯޓްލުން ނިމުމަކަށް އައިކަން މި އިންތިހާބުން ދައްކާދީފިކަމަށެވެ. އީދު ދުވަހު ބަހާ ހަދިޔާއަކުން ނުވަތަ ރޯދަމަހު ބަހާ މަސްދަޅަކުން ރައްޔިތުން މިހާރު ނުވިކޭނެކަން ރައްޔިތުން ބުނެފިކަމަށާއި ރައްޔިތުން ވޯޓްދޭނީ އެ ރައްޔިތުންގެ މަސްލަހަތުގައިކަމަށް ޔާމީން ވިދާޅުވިއެެވެ. އެހެންކަމުން ފައިސާ ބެހުން ހުއްޓާލާ ރައްޔިތުންގެ ކަންކަމާއި ވސްްނުމަށް ރައީސް މުއިއްޒަށް  ރައީސް ޔާމީން ވަނީ ގޮވާލެއްވިއެވެ.  

" ބުނަން މިއުޅޭ ވާހަކައަކީ ތިޔަ ގޮތަށް ފައިސާ އެޅުން ހުއްޓާލާށޭ. މިހާރު ރައްޔިތުން ކަންކަމާ ދޭތެެރޭގައި ވިސްނައޭ. ރައްޔިތުންެގެ މަސްލަހަތާ ދޭތެރޭގައި ރައްޔިތުން އެބަ ވިސްނާ. ކިތަންމެ ވަރަކަށް ފައިސާ އެޅިޔަސް ރައްޔިތުން އެބަ ބަލާ ވެރިކަމުގަ ހުރި މީހެއްގެ ޓްރެކް ރެކޯޑު، މިދިޔަ ތިން އަހަރު ކުރީ ކޮންކަމެއްތޯ. މުޅި ރާއްޖެ މިއޮތީ އިނދަޖެހިފަ އޭ،" ޔާމީން ވިދާޅުވިއެވެ.

 

ޔާމީން ރޭގެ ޖަލްސާގައިވަނީ މާމިގިލީ ދައިރާގެ މެމްބަރު ގާސިމް ިއބްރާހިމަށްްވެސް ފާޑު ވިދާޅުވެފައެވެ. އެގޮތުން ގާސިމް އަޅުންގެ ގޮތުގައި ގެންގުޅުނު އޭނާގެ އުފަން ރަށުގެ ރައްޔިތުންވެސްވެސް ިއސްކުރީ ރައްޔިތުންގެ މަސްލަހަތުކަން ރައީސް ޔާމީނ ްވިދާޅުވިއެވެ

"އެކަމަކު މިއަދު އެކަން ނިމުމަކަށް އައިޔޭ. އެއީ އަޅުގަނޑުގެ މެސެޖަކީ. އެހެންވީމާ މިއަދު ރައްޔިތުން މަހުޖަނުންދެކެ، ފައިސާ ދެކެ ބިރުންތިބެން މިފަހަރު ރައްޔިތުންނެއް ނުތިބި ނޫންހޭ މިފަހަރު އިންތިހާބުގައި. ގާސިމަށް އެ ގެއްލުނީ މާމިގިލި، ފެންފުށި އެ ގެއްލުނީއޭ ބޮޑުތަނުން،" ޔާމީން ވިދާޅުވިއެެވެ.

ރައީސްް ޔާމީން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރަންވީ ކަމަކީ، "ހެޔޮ ބަސް އަހާ، ހޮޔޮ ބަސް ގަބޫލުކޮށްގެން" ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިޔަކަށްވުން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;