ads
ވަޒީރުންގެ މަޖިލިސްގެ ބައްދަލުވުމެއްގެ ތެރެއިން
މިނިސްޓަރުން ބަދަލުކުރުން، މިހާރު ނަތީޖާ ވަރަށް ރަނގަޅު : ރައީސް
ބައެއްް މިނިސްޓަރުން ބަދަލުކޮށް މިނިސްޓްރީތަކަށް ގެނައި ބަދަލުން މިހާރު ފެންނަ ނަތީޖާ ރަނގަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެކުލަވާލި 20 މިނިސްޓަރުންގެ ތެރެއިން 10 މިނިސްޓަރު ވަނީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ކުއްްލިއަކަށްް އިސްތިއުފާދެއްވާފައެވެ. ލޯކަލްް ކައުންސިލް އިންތިހާބުން ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު އެ ވަޒީރުން މަގާމުން އިސްތިފާދިނީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ޑރ. މުއިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދެއްވުމުގެގޮތުންކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. 

10 ވަޒީރުން އިސްތިއުފާ ދިނުމުން އަލުން ވަޒީރުން އައްޔަންކުރައްވާ ސަރުކާރުގެ މިނިސްޓްރީތަކުގެ އަދަދު 15 އަށް ރައީސް މުއިއްޒު ތިރިކުރެއްވިއެވެ. 

މިރޭ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ވަޒީރުންގެ މަޖިލިހަށް ގެންނެވި ބަދަލަކީ ރައްޔިތުން ބޭނުންވާގޮތަށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ގެންނެވި މުހިންމު ބަދަލެއްކަމަށެވެ. އެގޮތުން މިހާރު މިނިސްޓްރީތަކުގެ މަސައްކަތްތައް ބަލާއިރު ވަޒީރުން ބަދަލުކޮށް ގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

" އެކީގައި އެފިޝަންސީ ވަރަށް މަތިކުރެވިއްޖެ މިހާރު ބައެއް މިނިސްޓްރީތަކުގެ މަސައްކަތްތަކަށް ބަލާއިރުގައި. އޭގެ މާނައެއް ނޫން ކުރީގެ މިނިސްޓަރުން ފަރުވާތެރިކަމާއެކު މަސައްކަތް ނުކުރެއެކޭ. އެކަމަކު އެއަށްވުރެ ރަނގަޅަށް ކުރަން ބޭނުންވެގެން އަޅުގަނޑު ގެންނަން ބޭނުންވި ބަދަލުތަކެއް ގެނައީ. ކޮންމެ މިނިސްޓްރީއެއްގެ މަސައްކަތްތައް ބަލަމުންދާއިރު އަޅުގަނޑަށް ފެނޭ މިގެނައި ބަދަލުގެ ހެޔޮ ނަތީޖާ ވަރަށް ރަނގަޅަށް ފެންނަމުންދާކަން،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

އަލުން އެކުލަވާލި ކެބިނެޓްްގައި އާ ފަސް ވަޒީރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ ހެލްތު މިނިސްޓަރު ގީލާ އަލީ އާއި ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދާއި އެންވަޔަރަމަންޓް މިނިސްޓަރު އަލީ ޝަރީފްގެ އިތުރުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ޑިފެންްސް މިނިސްޓަރު ހަސަން ރަޝީދުއެވެ. ދެން ތިއްބެވި 10 ވަޒީރަކީ ކުރިންވެސް ކެބިނެޓްްގައި ހިމެނުނު ވަޒީރުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;