ads
ލަންކާއާ އެކު ސޮއިކުރި އެއްބަސްވުންތަކުގެ ސަބަބުން ހަގީގީ މަންފާ ކުރާނެ ކަމަށް ރައީސް މިއަދު ވިދާޅުވި
ލަންކާއަށް ދަތުރުކުރާ މީހުން އީޓީއޭ ފުރަންޖެހޭ ގޮތަށް ހަމަޖައްސައިފި
ސްރީ ލަންކާއަށް ދިއުމުގެ ކުރިން އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަން (އީޓީއޭ) ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އުވާލާފައި އޮތުމަށް ފަހު މި މަހުގެ 25 އިން ފެށިގެން އަނެއްކާވެސް އީޓީއޭ ހުށަހަޅަންޖޭ ގޮތަށް ހަމަޖައްސައިފި އެވެ.
Advertisement

ލަންކާއަށް އެތެރެވާ އެހެން ގައުމުތަކުގެ މީހުން އީޓީއޭ ހުށަހަޅަން ނުޖެހޭ ގޮތަށް ނިންމީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެކަމަކު، މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަނެއްކާވެސް އީޓީއޭ ހުށަހަޅަންޖޭ ގޮތަށް ލަންކާގެ އިމިގްރޭޝަން އެންޑް އެމިގްރޭޝަން ޑިޕާޓްމަންޓުން ވަނީ ނިންމައިފަ އެވެ.

ލަންކާއަށް ދަތުރަށް ފެށުމުގެ 24 ގަޑިއިރު ކުރިން ހޯދަންޖެހޭ މި ހުއްދައަށް އެދި ހުށަހަޅަންޖެހޭނީ eta.gov.lk ވެބްސައިޓުންނެވެ.


އީޓީއޭ ފުރަންޖެހޭ ގޮތަށް ހަމަޖެއްސި ނަމަވެސް ދިވެހިންނަށް އިތުރު ޗާޖަކާއި ނުލައި 90 ދުވަހުގެ ޓޫރިސްޓް ވިސާ އީޓީއޭ ސިސްޓަމުން ލިބޭނެ ކަމަށް ލަންކާ ހައިކޮމިޝަނުން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;