ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
ސިޔާސީ މީހުންނަކީ ތަނެއް ދޮރެއް ނުބަލާ ވާހަކަ ދައްކާ ބައެއް: ރައީސް
ރާއްޖޭގައި ސިޔާސީ މީހުންނަކީ ތަނެއް ދޮރެއް ނުބަލާ ވާހަކަ ދައްކާ ބައެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސިފަކުރައްވައިފިއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ރައީސް މުއިއްޒާއި އެކު މިރޭ އަލަށް ފެށި 'ނޭޝަން ޗެޓް' ކިޔާ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ސިޔާސީ މީހުންނަކީ ތަނެއް ދޮރެއް ނުބަލާ ހަގީގަތެއްވެސް ނުބަލާ ވާހަކަ ދައްކާ ބައެއްގެ ގޮތުގައި ރާއްޖޭގައި އޮންނަކަމަށެވެ. އެހެންނަމަވެސް ރައްޔިތުން އެއަށް ވުރެ ހުށިޔާރުކަމާއި އެކީ އެ ދައްކާ ވާހަކަތައް މިނެކިރުން ރަނގަޅުވާނެކަަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ރާއްޖޭގައި ހަމަޖެހުން ގާއިމުކުރަން އެމަނިކުފާނު ކުރައްވަމުން ގެނަދްވާ މަސައްކަތްތަކަށްް ބައެއް ސިޔާސީ ފަރާތްތަކުން ހުރަސްއަޅަމުން ގެންދަވާކަމަށް ރައީސް މުއިއްޒު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި ސިޔާސީ މީހުންގެ އެކަންކަން ރައްޔިތުން ދެނެގަތުމަށް ރައީސް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ. 

" އެއީ ޒިންމާދާރުކަމެއް ނޫންކަމާއި އެކަންކަމަކީ ޑިމޮކްރަސީގެ ހަމައެއްވެސް ނޫންކަމާއި އަދި އެކަންކަމަކީ އަދި އަމުދުން އިހްލާސްތެރިކަމެއް އޮތްކަމެއް ނޫންކަން އެއީ ރައްޔިތުން ދެނެގަންނަވީކަމެއްކަން ، އަޅުގަނޑު ޔަގީން ކުރަނީ ރައްޔިތުން އެގޮތުގައި އެކަން ގަބޫލުކުރައްވާނެކަަމަށް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިވަގުތު ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތްކަމަށެވެ. އަދި އިދިކޮޅުގެ ނަމުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން މަސައްކަތްކުރައްވަނީ ކޮންމެވެސް އަމިއްލަ އެދުމެއްގެ ބޭނުމުގައިކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;