ads
ގާނޫނަކަށް ގެނައި އިސްލާހެއްް ރައީސް ތަސްދީގު ކުރައްވަނީ - ފޮޓޯ/ރައީސް އޮފީސް
ޕެންޝަން ގާނޫނަށް ގެނައި އިސްލާހު ތަސްދީގު ކުރައްވައިފި
ބޮޑެތި ބަލިތަކަށް ބޭސް ކުރުމަށް އެމީހެއްގެ ޕެންޝަން ފަންޑުން ފައިސާ ނެގޭ ގޮތް ހަދަން ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް، ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
Advertisement

މި ބިލަކީ، މި މަހުގެ 14 ވަނަ ދުވަހު ބޭއްވި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކުރި ބިލެކެވެ.

އެ ދުވަހު ގާނޫނަށް ގެނައި އިސްލާހުގައި، އަސާސީ ޕެންޝަނުގެ އުސޫލުތައް މުރާޖާކޮށް، އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަނުގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ، އާމްދަނީގެ ގޮތުގައި އެ މީހަކަށް ލިބޭ ނަމަ، އެމީހެއްގެ އަސާސީ ޕެންޝަން ލިބިނުދެވޭނެ ކަމަށާއި ގެދޮރު އިމާރާތްކުރުމާއި ގެދޮރު މަރާމާތުކުރުގެ ބޭނުމަށް ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ކޮލެޓަރަލައިޒް ކުރެވޭނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައިވެ އެވެ.

ހަމަމިއާ އެކު، ބޮޑެތި ބަލިތައް ޖެހިފައިވާ ފަރާތްތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެ ކަމަށާ އަދި އެ ފައިސާ ދޫކުރުމުގެ އުސޫލުތައް އެ ބިލުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރުން ހައްޖުވުމަށް ޓަކައި ކުރިޔާލައި ޖާގަ ރިޒާވް ކުރުމަށް ޓަކައި ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވިދާނެ ކަމަށް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.

މި ބިލް ރައީސް ތަސްދީގު ކުރައްވާ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއެކު މި އިސްލާހަށް މިހާރު ވަނީ އަމަލު ކުރަން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;