މާލޭ ސިޓީ ކައުންސިލުން ވަކި މަޝްރޫއެއްގެ ގޮތުގައި މާލޭގެ މަގުތަކުގައި ނަން ބޯޑު ހަރުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވަނީ 3.9 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން ބައެއް މަގުތަކުގައި މިހާރު ވަނީ ނަން ބޯޑުތައް ހަރުކޮށްފައެވެ. އެހެންނަމަވެސް ބައެއް ނަންތަކުގައި ދިވެހި ބަހުގެ ކުށްތައް ހުރުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. އަދި އެގޮތަށް ހުރި ބައެއް ނަން ބޯޑުތަކުގެ ފޮޓޯތައްވެސް އަންނަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންްނެވެ.
އާއްމުވެފައި ހުރި ފޮޓޯތަކުގައި ލޮނުޒިޔާރަތް މަގާއި މާފަތްތަކުރުފާނު މަހުގެ ނަން ހިމެނެއެވެ. މި ދެ މަގުގެ ނަންވެސް ލިޔެފައިވަނީ ނުބައިކޮށެވެ. އެގޮތުން ލޮނުޒިޔާރަތްމަގު ލިޔެފައި އޮތީ "ލޮނުޒިޔާރައިމަގު" މިހެނެވެ. މާފަތްތަކުރުފާނު މަގުގެ ނަން ބޯޑުގައި އޮތީ "މާފައިތަކުރުފާނުމަގު" މިހެންނެވެ.
މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ، މެއި، 2021 ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ތެެރޭގައި ހިމެނޭތީ ކުރަމުން އަންނަކަމެއްކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;