ads
ރައީސް ޔާމީން
ޔާމީންގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ބަލައިނުގަންނަން ނިންމައިފި
ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ސަރީއަތުގެ ކުރިން ހުށަހެޅި ކަމަކާމެދު އެ ކޯޓުން ނިންމި ނިންމުން އިސްތިއުނާފުކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ހައިކޯޓުގެ ރަޖިސްޓްރާ ނިންމަވައިފިއެވެ.
Advertisement

ރައީސް ޔާމީންގެ ފަރާތުން މި މައްސަލަ ހުށަހެޅީ ހެކި ވަޒަންކުރި ގޮތް ދަށު ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައި ނެތުމުން އިންސާފު ގެއްލިފައިވާ ކަމަށް ބުނެއެވެ. ނަމަވެސް މި މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވީ ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ރިއާޔަތްކުރެއްވުމަށްފަހުގައެވެ.

އެގޮތުން ފާހަގަކުރެއްވި މައިގަނޑު ސަބަބުތަކަކީ:

  • ހެކި ގަބޫލުކުރުމާމެދު ސަރީއަތުގެ މަރުހަލާގައި އަދިވެސް އިތުރަށް ބަހުސްކޮށް ގޮތް ނިންމުމުގެ ފުރުސަތު އޮތުން.
  • މިފަދަ ކަންކަމުގައި ވަކިން އިސްތިއުނާފުކުރުމަކީ ދަށު ކޯޓުގެ ސަރީއަތް ދިގުލައިގެން ދިއުމަށް މެދުވެރިވާނެ ކަމަކަށް ވުން.
  • ސަރީއަތުގެ ކުރީގެ ނިންމުންތައް އިސްތިއުނާފު ކުރެވޭނީ ސަރީއަތުގެ ތެރެއިން އެކަމާމެދު ގޮތެއް ނިންމުމުގެ ފުރުސަތު ނެތް ހާލަތްތަކުގައި ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވުން.
  • މި މައްސަލައިގައި ދަށު ކޯޓުން އެއްވެސް ހެއްކެއް އެއްކިބާކޮށްފައި ނުވާއިރު، ގަބޫލުނުކުރެވޭ ހެއްކެއް ބަލައިގަތުމަށްވުރެ ބޮޑު ގެއްލުމެއް ލިބޭނީ ގަބޫލުކުރެވޭ ހެއްކެއް އެއްކިބާކުރުމުން ކަމަށް ވުން.

މި ސަބަބުތަކަށްޓަކައި 1 ނޮވެމްބަރު 2026 ގައި ރަޖިސްޓްރާ ވަނީ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް