ads
ސައީދު ފޭސްބުކްގައި ހިއްސާކޮށްފައިވާ ވީޑިއޯއެއްގެ މަންޒަރުތަކެއް: ފައިރިޝް ވަނީ ފިލައިފައި ކަމަށް ފުލުހުން ބުނޭ - ފޮޓޯ: މުހައްމަދު ސައީދު، ފޭސްބުކް
މީހުންނަށް އުނދަގޫކުރާ ފައިރިޝް ރިހެބުން ފިލައިގެން އައިސް މާލޭގައި އެނބުރެނިކޮށް ހައްޔަރުކޮށްފި
މީހުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް ރިހެބުން ފިލައިގެން މާލެ އައިސް މާލޭ މަގުތަކުގައި އެނބުރެނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.
Advertisement

މާލޭގައި ތަކުރާރުކޮށް މީހުންނަށް ގޯނާތަކާއި އުނދަގޫތައް ކުރަމުންދާތީ ފައިރިޝް މިދިޔަ މަހުގެ 17 ވަނަދުވަހު ހައްޔަރުކޮށް ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހި އެވެ. 

އޭގެ ފަހުން ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހިންމަފުށީގައި ހިންގާ މަރުކަޒުގައި އޭނާ ބަހައްޓާފައި ހުއްޓާ އޭނާ  އެތަނުން ފިލާފައިވާކަށް އިއްޔެ ވަނީ ފުލުހުން ބުނެފަ އެވެ. އެހެންނަމަވެސް އޭނާ ފިލީ ކޮން އިރަކުކަމެއް އަދި އިތުރު ތަފްސީލެއް ވެސް ފުލުހުން ހާމައެއް ނުކުރެއެވެ. 

ފުލުހުން ބުނީ މި މީހާ މިއަދު މާލޭތެރޭގައި އުޅެނިކޮށް އަނެއްކާވެސް ހައްޔަރުކޮށްފައިވާކަމަށެވެ. 

މި މީހާ ހައްޔަރުކުރީ އޭނާ މީހުންނަށް އުނދަގޫކުރާ މައްސަލަ ހައްލުނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، މުހައްމަދު ސައީދު ނަމަކަށް ކިޔާ މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަން ފެށުމުންނެވެ. ހެންވޭރު ޕޮލިހާއި އެތަނުގެ ބޭރުގައި ސައީދު ކުރަމުންދިޔަ ބަނޑުހައިހޫނުކަމުގެ ހަޅުތާލު އޭނާ ނިންމާލީ ހަޅުތާލުގައި ހުންނަތާ 35 ގަޑިއިރަށްފަހު އެވެ.

އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި ބިރު ދެއްކުމާއި މުދަލަށް ގެއްލުން ދިނުމުގެ އިތުރުން މާރާމާރީ ހިންގުމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް