ads
ޝާހުރުކް ހާން އޭނާގެ ދަރިފުޅު ސުހާނާ ހާންއާއެކު
ސެޓުގައި ޝާހްރުކް, ސުހާނާ އާއެކު އުޅެނީ ބައްޕައެއް ގޮތަކަށް ނޫން
ބޮލީވުޑްގެ ރަސްގެފާނު ޝާހްރުކް ހާން އާއި އޭނާގެ ދަރިފުޅު ސުހާނާ ހާން އެކުގައި ފެންނަ ފުރަތަމަ ފިލްމު "ކިންގް" ގެ މަސައްކަތް ސެޓުގައި ކުރިއަށްދާއިރު، އެ ދެބަފައިންގެ ގުޅުން ހުންނަ ގޮތާ ބެހޭގޮތުން އެކްޓަރު ސޯރަބް ޝުކްލާ ވާހަކަދައްކައިފިއެވެ.
Advertisement

ސޯރަބް ބުނީ، ސެޓުގައި ޝާހްރުކް އާއި ސުހާނާ އުޅެނީ އާދައިގެ ދެ ކޯ-އެކްޓަރުން ފަދައިން ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.

ޝާހްރުކް އާ ބެހޭގޮތުން ވާހަކަދައްކަމުން ސޯރަބް ބުނީ، އޭނާއަކީ ދަރިންނަށް މިނިވަންކަންދޭ ވަރަށް ބުއްދިވެރި ބައްޕައެއް ކަމަށެވެ. ސެޓުގައި ޝާހްރުކް ސުހާނާއާ މުއާމަލާތް ކުރަނީ ދަރިއަކަށްވުރެ ބޮޑަށް އެކުގައި މަސައްކަތްކުރާ އެކުވެރިއެއްގެ ގޮތުގައި ކަމަށާއި، މަސައްކަތް ރަނގަޅު ކުރުމަށް ދޭންޖެހޭ ހިޔާލުތައް އެހެން އެކްޓަރުންނެކޭ އެއްގޮތަށް ދެމުންދާ ކަމަށް އޭނާ ފާހަގަކުރިއެވެ. މިއީ ޝާހްރުކްގެ ބައްޕައެއްގެ ރޯލާއި މަސައްކަތުގެ ޕްރޮފެޝަނަލްކަން ވަރަށް ފުރިހަމައަށް ފެނިގެންދާ ކަމެއް ކަމަށް ވެސް ސޯރަބް ބުންޏެވެ.

ސިއްދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމަކީ ރެޑް ޗިލީޒް އެންޓަޓައިންމަންޓުން އުފައްދާ، ވަރުގަދަ އެކްޝަންތަކެއް ފެނިގެންދާނެ ފިލްމެކެވެ. ސުހާނާގެ އިތުރުން ދީޕިކާ ޕަދުކޯން އާއި އަބީޝެކް ބައްޗަން ވެސް މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމު ސިނަމާތަކަށް އަންނާނީ 2026 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. ޝާހްރުކް އަކީ އަބަދުވެސް އެހެން މީހުންނަށް އިހުތިރާމްކުރާ، މަސައްކަތަށް ވަރަށް ފަރުވާތެރި މީހެއްގެ ގޮތުގައި ސޯރަބް ސިފަކުރިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;