ads
ފިނޭންސް މިނިސްޓްރީ
ހަނގުރާމައާ ގުޅިގެން ހަރަދުކުޑަކުރަން އިތުރު އާ ފިޔަވަޅުތަކެއް
މެދުއިރުމަތީގެ ހަމަނުޖެހުންތަކާއި ގުޅިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ހަރަދުކުޑަކުރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަޓައިޒޭޝަން ބޯޑުން އަންގައިފި އެވެ.
Advertisement

ޕީސީބީން ނެރުނު ސާކިއުލާއެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތުގެ ކުންފުނިތަކުގެ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތަކެއް އަޅަން މިދިޔަ މާޗު 30 ގައި ވެސް އަންގާފައިވާނެ އެވެ. އޭގެ އިތުރުން އެހެން ބޮޑެތި ފިޔަވަޅުތައް އަޅަން މިއަދު ނެރުނު ސާކިއުލާގައި ޕީސީބީން އެންގި އެވެ. 

އެގޮތުން ކުންފުނިތަކުގެ މުވައްޒިފުންގެ މުސާރައާ އިނާޔަތްތަކަށް ކުރާ ހަރަދު ބޮޑުތަނުން ކުޑަކުުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމާއި ރަސްމީގަޑީގައި މަސައްކަތްތައް ނިމޭނެގޮތަށް ކުންފުނިތަކުތެ މަސައްކަތްތައް ރޭވުމާއި ރަސްމީގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށް ނޫނީ އިތުރުގަޑީގައި މަސައްކަތް ނުކުރުވުމާއި މުވައްޒިފުންނަށް މަގާމުގެ ކުރިއެރުން ދިނުން މިވަގުތަށް ހުއްޓާލުމާއި ކުންފުނިން މިހާރު ފާސްކޮށްފައިވާ އިދާރީ އޮނިގަނޑުގައި ހިމެނޭ މަގާމެއް ކަމުގައިވީނަމަވެސް ކުންފުނީގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދިއުމަށް ކޮންމެހެން ނަގަންޖެހޭ މުވައްޒިފަކު ނޫނީ ނުނެގުން ހިމެނެ އެވެ.

"އިގުތިސާދީ ހިރާސްތަކަށް ރިޔާއަތްކޮށް ކުންފުނީގެ ކޭޝްފްލޯ ދަތިނުވެ ދެމެހެއްޓެނިވި ގޮތަކަށް ކޭޝްފްލޯ މެނޭޖުކުރުމަށް މުވައްޒިފުންގެ މުސާރައިގެ ހަރަދުތައް މެނޭޖުކުުރުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި ކުންފުނީގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުުރުމަށް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވަާ އެހެނިގެން ހަރަދުތައް ނުކުރާކަން ޔަގީންކުރުމަށް ފިޔަވަޅު އެޅުމާއި މެދުއިރުމަތީގެ ހަަމަނުޖެހުންތަކާއި ގުޅިގެން އިގުތިސާދަށް ކުރާނެ އަސަރު ދިރާސާކޮށް ފިޔަވަޅުތައް އެޅުމާއި ރައްޔިތުންނަށް ކޮށްފާނެ މާލީ ބުރަތަކަށް ވިސްނައިގެން ފިޔަވަޅު އެޅުމަށް ސަމާލުކަން ދިނުން އެދެން" ޕީސީބީން ނެރުނު ސާކިއުލާއެއްގައި ވެއެވެ.

މީގެ އިތުރުން ކޮންމެހެން ބާއްވަންޖެހޭ ހަފްލާއެއް ނޫނީ ނުބޭއްވުމާއި ހަފްލާތައް ބޭއްވުމުގައި ވަސީލަތްތައް ހުރި ކުންފުނިތަކުން އެހެން ކުންފުނިތަކަށް ވަސީލަތްތައް ހިއްސާކުރުމާއި ހަފްލާތަކަށް ކުރާ ހަރަދު ވީހާވެސް ކުޑަކުރުމާއި ދެމެހެއްޓެނިވި ގޮތުގައި ކުންފުނީގެ ހަރަދުތައް މެނޭޖުކުުރމަށް މުހިންމު އެހެނިހެން ފިޔަވަޅުތައް ބޯޑުން އެޅުމާއި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ރަސްމީ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ކުރުން މިވަގުތަށް ހުއްޓާލުމާއި ބޭރަށްކުރާ ދަތުރުތައް މަދުކޮށް ބައިނަލްއަގްވާމީ ކަސްޓަަމަރުންނާއި ސަޕްލަޔަރުންނާއި އޮންލައިންކޮށް ބައްދަލުކުރުމާއި ދަތުރުގެ ހުރިހާ ހަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތަކުގައި ކުންފުނިން ކުރާ ހޭދަ ވީހާވެސް ކުޑަކުރުމަށް ވަނީ އަންގާފަ އެވެ.

އަދި ރާއްޖެއިން ބޭރަށްކުރާ ޓްރެއިނިން ދަތުރުތައް މިވަގުތަށް ހުއްޓާލައި މިފަދަ ޕްރަގްރާމްތަކުގައި އޮންލައިންކޮށް ބައިވެރިވުމާއި ފެރީގެ ހިދުމަތް ލިބޭ ސަރަހައްދުތަކުގައި ކުރަންޖެހޭ ދަތުރުތައް ފެރީ މެދުވެރިކޮށް ކުރުމާއި ކުންފުންޏަށް ސީދާ ގޮތުން ފައިދާވާ ބޭރުގެ މަހާސިންތާތަކާއި ފެއާތަކުގައި ނޫނީ ބައިވެރިނުވުމާއި ކުންފުނި ހިންގުމުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރެވެން ހުރިނަމަ ވީ އެންމެ ފުޅާ ދާއިރާއެއްގައި އެކަން ކުރުމާއި ކަރަންޓްގެ ހަރަދު ކުޑަކުރުން ވެސް ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެ އެވެ.

ޕީސީބީން ހަރަދުކުޑަ ކުރުމުގެ ބޮޑެތި ފިޔަވަޅުތަކެއް އެޅުމަށް އަންގާފައިވާއިރު މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވެސް ވަނީ ހަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން އަންގައިފަ އެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއިންނާއި ޕީޖީ އޮފީސް ފަދަ ދައުލަތުގެ އޮފީސްތަކުން ވެސް ދަނީ އެފަދަ ފިޔަވަޅުތައް އަޅަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;