އެޑިއުކޭޝަން މިނިސްޓްރީގެ ޕޮލިސީ ޕްލޭނިން އެންޑް ރިސާޗު ޑިވިޝަނުން މިދިޔަ އަންގާރަ ދުވަހު ހުރިހާ ސަރުކާރު ސުކޫލުތަކަށް ފޮނުވި މެމޯއެއްގައި ބުނީ ދަރިވަރުންގެ ޔުނިފޯމު އުސޫލުގެ އަށްވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތަށް މި އަހަރުގެ ދިރާސީ އަހަރުން ފެށިގެން އަމަލުކުރެވިދާނެކަމަށެވެ.
އެ މައްދާގައި ބުނެފައިވަނީ ސުކޫލުގައި ދަރިވަރުންނަށް ފިނިވެގެން އުނދަގޫވާނަމަ، ޑިޒައިނެއް، ލޯގޯއެއް އަދި ބެޖެއް ނުހުންނަ ކާޑިގަންއެއް ބޭނުންކުރެވިދާނެ ކަމަށެވެ. އަދި އެ ކާޑިގަން ލުމަށް އިތުރު ހުއްދައެއް ނަގާކަށް ނުޖެހޭނެކަމަށްވެސް އެ އުސޫލުގައިވެއެވެ.
އެ އުސޫލުގައިވާ ގޮތުން ދަރިވަރުންނަށް ބޭނުންކުރެވޭނީ އެއް ކުލައަކުން ހުންނަ ޖެކެޓެވެ. އަދި އޭގައި އެއްވެސް ލިޔުމެއް ނުވަތަ ކުރެހުމެއް ހުރެގެން ނުވާނެއެވެ. އަދި ކުދިން ލާނެ ޖެކެޓާއި ގުޅޭގޮތުން ސުކޫލުތަކުން ވަކިން އުސޫލުތައް ނުހެދުމަށްވެސް އެޑިއުކޭޝަން މިނިސްްޓްރީން ސްކޫލްތަކަށް ވަނީ އަންގާފައެވެ.
މީގެއިތުރުން ކުލާސްތަކުގައި ބޭނުންކުރާ އޭސީގެ ފިނިމިން 25 ޑިގްރީ ސެލްސިއަސްއަށް ވުރެ ދަށް ނުކުރުމަށްވެސް ސްކޫލްތަކަށް މިނިސްޓްރީން ވަނީ އަންގާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;