ads
އިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި ސ. ފޭދޫ، ޝީރާޒީގެ، އަލީ ސާއިމް
ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި 12 އަހަރަށް ޖަލަށް
ޑައިމޯފިން ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މީހަކު 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
Advertisement

އިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވީ ސ. ފޭދޫ، ޝީރާޒީގެ، އަލީ ސާއިމް،32އ ގެ މައްޗަށެވެ. މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ސާއިމް ހައްޔަރުކުރީ 19 އޮގަސްޓް 2024 ވަނަ ދުވަހު އެވެ. 

އޭނާ 12 އަހަރާއި 6 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއެކު، 50,000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިމަހުގެ ހަތްވަނަ ދުވަހު އެވެ.

އޭނާ ބަންދުގައި ހޭދަކުރި ދުވަސްތައް އުނިކުރުމުން 12 އަހަރުގެ ޖަލު ހުކުމުން ތަންފީޒުކުރަން ޖެހެނީ 10 އަހަރާއި 10 މަހާއި 10 ދުވަސްކަން ކޯޓުގެ ހުކުމުން އެނގެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;