ads
ރައީސް ޑރ. މުހައްމަދު މުއިއްޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރައީސްގެ މާލީ ބަޔާން އާންމުކުރައްވައިފި
ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި285،024ރ ލިބިފައިވޭ
ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނު މާލީ ބަޔާން މިއަދު އާންމުކުރައްވައިފި އެވެ.
Advertisement
މިއަދު އެ މަނިކުފާނު ވަނީ، ވެރިކަމާ ހަވާލުވީ ފަހުން ފުރަތަމަ ފަހަރަށް މާލީ ބަޔާން ހާމަކުރައްވައިފަ އެވެ. 

އެ ބަޔާނުން އެނގޭ ގޮތުގައި، މިދިޔަ ހަ މަސްތެރޭ ރައީސަށް ވަނީ، ޖުމުލަ 327،024 ރުފިޔާ ލިބިފައެވެ. އެއީ، މުސާރައިގެ ގޮތުގައި ލިބުނު 285،024 ރުފިޔާއާއި ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ ރޯހައުސްގެ ކުލިން ލިބުނު 240،000 ރުފިޔާގެ އިތުރަށް މ. ފިގްއިން ލިބުނު 180،000 ރުފިޔާ އެ މަނިކުފާނަށް ލިބިވަޑައިގަތެވެ.


އޭގެތެރެއިން، މ. ފިގް އިން ލިބުނު ފައިސާއަކީ، އާއިލާގެ ފަރާތުން ހަދިޔާކުރި ފައިސާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެ އެވެ. ރައީސްގެ މިލްކިއްޔާތުގައި 260،000ރ. ކާރެއް ވެސް އެބައޮތެވެ. 

ރައީސް މުއިއްޒުގެ ނަމުގައި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީގައި ލޯނެއް އެބައޮތް ކަމަށާއި ބާކީ ދައްކަން ޖެހެނީ 1.3 މިލިއަން ރުފިޔާ ކަމަށް މާލީ ބަޔާނުގައި ވެ އެވެ. އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ލޯނެއް ނެތެވެ. 

ރައީސްގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދަށް މިދިޔަ ހަ މަސް ތެރޭގައި ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި 199،999ރ. ލިބިވަޑައިގަތެވެ. އަދި ދިމްޔާތު ކުންފުނިން މުސާރައިގެ ގޮތުގައި 78،000ރ. އާއި ހެލުތު މިނިސްޓްރީގެ ކޮންސަލްޓަންްގެ މުސާރައިގެ ގޮތުގައި ހަ މަސް ތެރޭގައި 4،927ރ. ލިބިވަޑައިގަތެވެ.

ގާނޫނު އަސާސީގެ 120 ވަނަ މާއްދާގައި ބުނާގޮތުން ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު ކޮންމެ އަހަރަކު އެ ބޭފުޅެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރި މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކުރައްވައި ތައްޔާރުކުރާ މާލީ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަން ޖެހެ އެވެ.


50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;