ads
މޯލްޑިވްސް ޕްރިމިއަރ ބޭންކަށް ލައިސެންސް ދީފި
މޯލްޑިވްސް ޕްރިމިއާ ބޭންކަށް ލައިސެންސް ދީފި
މަރުކަޒީ ބޭންކް، އެމްއެމްއޭއިން "މޯލްޑިވްސް ޕްރިމިއާ ބޭންކް"ގެ ނަމުގައި ރާއްޖޭގައި އާ ބޭންކެއް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ މިއަދު ދީފި އެވެ.
Advertisement

މޯލްޑިވްސް ޕްރިމިއަރ ބޭންކް ޕްރައިވެޓް ލިމިޓެޑަށް 2025 އަހަރުގެ މޭއި މަހުގެ 19 ވަނަ ދުވަހު އެމްއެމްއޭއިން ވަނީ 'ޓިއަރ 1' ބޭންކެއް ގާއިމުކުރުމަށް ބޭނުންވާ ހުއްދަ ދޫކޮށްފަ އެވެ.

މި ހުއްދައާއެކު އެމްއެމްއޭއިން ކަނޑައެޅި ޝަރުތުތައް ފުރިހަމަކޮށް، ބޭންކުގެ ނަމާއި މިލްކްވެރިކަމުގެ އޮނިގަނޑަށް ލައިސަންސަށް އެދި ހުށަހެޅި ފަރާތުން އެދުނު ބަދަލުތަކެއް ގެނެސް އެކުންފުންޏަށްރާއްޖޭގައި ކޮމަރޝަލް ބޭންކިން ވިޔަފާރިކުރުމަށް ބޭނުންވާ ލައިސަންސް އަދި ބޭންކެއް އޮޕަރޭޓް ކުރުމުގެ ހުއްދަ އެމްއެމްއޭއިން ވަނީ ދޫކޮށްފަ އެވެ.

މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެމްއެމްއޭގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވި އެވެ. އަދި މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އާއި ބޯޑު މެންބަރުންގެ އިތުރުން ސީނިއާ މެނޭޖްމަންޓުން ވެސް ބައިވެރިވި އެވެ.

މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާ އެކު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގެ ޖުމްލަ އަދަދު ނުވަޔަކަށް އަރާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;