މި ލަކީ ޑްރޯ ނެގުން ކުރިއަށް ގެންގޮސްފައިވަނީ މާޗް 31 ވަނަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އައުޓްލެޓްގަ އެވެ.
މި ލަކީ ޑްރޯގައި އެސްޓީއޯ ރަމަޒާން ބާޒާރު ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ 100،000 ރުފިޔާގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ ހުސައިން އަމްޖަދެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ރަމަޟާން މަހާއި ދިމާކޮށް މިފަދަ ވަރަށް އަގުހުރި ޕްރޮމޯޝަންތައް ބާއްވަމުންދެއެވެ. މި ޕްރޮމޯޝަންތަކުގެ މައިގަނޑު މަގްސަދަކީ ރޯދަ މަހާއި ގުޅިގެން އާއްމުންގެ ގެތަކަށް ބޭނުންވާ ސާމާނު ހެޔޮ އަގެއްގައި ފޯރުކޮށް ދިނުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;