ads
ރައީސް ސާލިހާއި ރައީސް ނަޝީދާއި ފައްޔާޒު
ދެ ރައީސުން ސުލްހަކުރަން ފައްޔާޒު ކުރި މަސައްކަތެއް ނަޝީދުގެ ޝުކުރު
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީގެ ދެ ރައީސުންގެ މެދުގައި ޖެހުނު މައްސަލަ ހައްލުކުރަން ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވިމަސައްކަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފުކުރައްވައިފިއެވެ.
Advertisement

އެމްޑީޕީގެ އެތެރޭގައި މައްސަލަ ހޫނުވީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީަް ނަޝީދު ވާހަކަފުޅުދައްކަވަން ފުރުސަތު ނުދިނިންކަމަށް ބުނެއެވެ. އެ މައްސަލައިގައި ނަޝީދުގެ އިތުރުން އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެ ޖަލްސާ ބޮއިކޮޓްކުރައްވާފައެވެ. އަދި ޖެހިގެން އައި ދުވަހު އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުލްގަފޫރު މޫސާ (ގަޕޯ) މަގާމުން ވަކިކުރަން 55 މެމްބަރުންގެ ސޮޔާއި އެކު، ނަޝީދަށް ތާއިދުކުރާ ފަރާތްތަކުން ވަނީ ގައުމީ މަޖިލިހަށް ހުށައަޅާފައެވެ. 

ނަޝީދަށް ޖަލްސާގައި ވާހަކަ ދައްކަން ނުދިންކަމަށް ބުނާ ވާހަކަތައް ގަޕޯ ވަނީ ދޮގުކުރައްވާފައެވެ. ގަޕޯ ވިދާޅުވީ އެރޭގެ ޖަލްސާގައި އޮތީ ކާމިޔާބު ލިބުނު ކެންޑިޑޭޓުން ވާހަކަ ދައްކާ ގޮތަށްކަމަށެވެ. އަދި ނަޝީދު ޖަލްސާ ބޮއިކޮޓްކުރައްވާ އެވާހަކަތައް މީޑިއާގައި ޖެހީ ޖަލްސާގައި ވާހަކަ ދައްކަވަން ނަޝީދު އެދިވަޑައިގަތުމުން އެކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން ދަނިކޮށްކަމަށެވެ. 

މައްސަލައިގައި ޕާޓީގެ އެތެރެ ވަރަށް ބޮޑަށް ހޫނުވެ އެއްބަޔަކު އަނެއް ބަޔަކު ބަހުގެ ހަމަލާތައް ދެމުން ދަނިކޮށް ރޭ، ޅ. ހިންވަރުގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އިބްރާހިމް ސާލިހް ވިދާޅުވީ ޕާޓީ ތެރޭގައި އޮތް ހިޔާލުތަފާތުވުންތައް ހައްލުކޮށް މިހާރު އެއްގަލަކަށް އަރާފައިވާ ކަމަށެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ރައީސް ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ އެތެރޭގެ ހިލާފުތައް ނަތްތާލުމަށް ފައްޔާޒު ކުރެއްވި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

" ރައީސް ސާލިހާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދަށް ވެސް މަރުހަބާ ދަންނަވަން،" ނަޝީދު ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސްވަރު އެމްޑީޕީގެ ތެރޭގައި ބައިބައިވުން އުފެއްދި ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް ނަމުގައި އާ ޕާޓީއެއް ހެދިއެވެ. އެ ޕާޓިއަށް ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައިވެސް އެއްވެސް ގޮނޑިއެއް ނުލިބި ބޮޑު ނާކާމިޔާބީއެއް ލިބުމުން އެ އެންމެން ވަނީ ޑިމޮކްރެޓްސް ވަކިވެެ އަލުން އެމްޑީޕީއާ ގުޅިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;