ads
އަނބިމީހާއަށް އަނިޔާކުރި މީހަކު ހައްޔަރުކޮށްފި
އަނބިމީހާއަށް އަނިޔާކޮށް އިންޒާރުދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ރޭ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ފިރިހެން މީހާގެ މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތިވިތާ މާގިނަ އިރުތަކެއް ނުވެ އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނި ގޮތުގައި ރަށުތެރެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންނަށް އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ފެނުމާއެކު އޭނާ ވަނީ ރޭގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

އަންހެން މީހާއަށް އަނިޔާކުރި މައްސަލަ ސޯޝަލް މީޑިއާގައި ފެންމަތި ކުރީ އޭނާގެ ފިރިހެން ދަރިފުޅެވެ. އެގޮތުން ބައްޕަގެ އައިޑީކާޑުގެ ފޮޓޯއެއް ހިއްސާކޮށް އޭނާ ވަނީ ބައްޕަ ހޯދަމުން އަަންނަ ކަމަށް ބުނެފަ އެވެ.

އެގޮތުން މި ޕޯސްޓުގައި އެކުއްޖާ ވަނީ ބައްޕަގެ މައްސަލަ މީގެ ކުރިން ވެސް ފުލުހުންނަށް ހުށަހެޅި ނަމަވެސް ރަނގަޅުވާނެ ކަމަށް ބުނުމުން މައްސަލަ ދޫކޮށްލީ ކަމަށް ބުނެފަ އެވެ.

އެ ދެމަފިރިން ވަރިވުމުގެ މައްސަލަ މިވަގުތު ކޯޓުގައި އޮތްކަން ފާހަގަކޮށް އޭނާގެ ދަރިފުޅު ބުނީ މަންމައާއި ބައްޕަ ވެސް އުޅެނީ ދެ ގެއެއްގައި ކަމަށެވެ. އެކަމަކު މަންމަ އުޅޭ ގެއަށް އައުމަށް ފަހު ރޭ ގަދަކަމުން އެގެއަށް ވަންނަން މަަސައްކަތް ކުރި ކަމަށާއި މަންމަގެ ފޯނު އަތުލައި ސިޑި މައްޗަށް ކޮށްޕާލި ކަމަށް ވެސް ބުންޏެވެ. 

އޭނާ ބުނި ގޮތުގައި ބައްޕަ، އަންހެން ދައްތައަށް ވެސް އަނިޔާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް