ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ބީއެމްއެލްއިން ތައާރަފުކުރި އިސްލާމިކް ވިސާ ކްރެޑިޓް ކާޑު
ބީއެމްއެލުގެ ކާޑުތަކުން ކުރާ ބޭރު ވިޔަފާރިތަކަށް މަހަކު 45 މިލިއަން ޑޮލަރުގެ ހޭދައެއް
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑުތަކުން ކަސްޓަމަރުން ކުރާ ވިޔަފާރިތައް ހަމަޖައްސަން ކޮންމެ މަހަކު ބޭރުގެ ވިޔަފާރިތަކަށް މަދުވެގެން 45 މިލިއަން ޑޮލަރު ފޮނުވަން ހަމަޖައްސަން ޖެހޭ ކަމަށް ބޭންކުން މިއަދު ބުނެފި އެވެ.
Advertisement

ބީއެމްއެލްއިން ޑެބިޓް ކާޑުތަކަށް ދެމުން އައި 250 ޑޮލަރުގެ ލިމިޓް މާދަމާއިން ފެށިގެން 500 ޑޮލަރަށް ބޮޑުކުރާއިރު, އެ ކާޑުތަކުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށް ފިޔަވަޅުތަކެއް އަޅަން ބޭންކުން މިއަދު ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިން ބުނީ ކަސްޓަމަރުން ކުރާ ބޭރުގެ ވިޔަފާރިތަކަށް ސަޕޯޓުގެ ގޮތުގައި މިހާރު ވެސް ކޮންމެ މަހަކު އެ ބޭންކުން 45 މިލިއަން ޑޮލަރު ދޫކުރާ ކަމަށެވެ. އޭގެ ތެރެއިން 75 ޕަސެންޓަކީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރިގެ ޓްރާންސެކްޝަންތައް ކަމަށް ރާއްޖޭގައި އެންމެ ކަސްޓަމަރުން ގިނަ ބޭންކުން ބުންޏެވެ.

އެއީ ދިވެހި ރުފިޔާއިން ބަލާނަމަ، އޮންލައިންކޮށް ވިޔަފާރިކުރަން ގާތްގަނޑަކަށް ދުވަލަކަށް 17.3 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެވެ.

ބީއެމްއެލްއިން މިއަދު ދިވެހިންގެ ތެރޭގައި ވިޔަފާރިކުރަން މަގުބޫލު ބައެއް ސައިޓުތަކަށް ފައިސާ ދައްކާ ކޮންމެ ފަހަރަކު 30 ޕަސެންޓުގެ ފީއެއް ނަގަން ވެސް ނިންމައިފަ އެވެ. ފީއެއް ނަގަން ނިންމާފައިވާ ސައިޓްތަކުގެ ތެރޭގައި ހިމެނެނީ، ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ އެވެ. މި ފީ ނަގާނީ ރުފިޔާ އެކައުންޓްތަކުން ކުރާ ވިޔަފާރިތަކަށް އެކަންޏެވެ.

އެ ފީގެ ތެރޭގައި ޓިކެޓް ނެގުމަށާއި ހޮޓާ ބުކް ކުރުން އަދި ސަބްސްކްރިޕްޝަން ފަދަ އާންމު ބޭނުންތައް ނުހިމެނޭ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

ބީއެމްއެލް އިން ބުނީ ރާއްޖޭން ބޭރުން މުދަލާއި ހިދުމަތަށް ފައިސާ ދެއްކޭ އަދަދު 500 ޑޮލަރަށް ބޮޑުކޮށްފައިވަނީ މިހާރު ނަގާ ފީ އިތުރުނުކޮށް ކަމަށެވެ. އެކަމަކު، ރާއްޖޭން ބޭރަށް ނުދާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ވެސް ބޭރުގެ އޭޓީއެމްތަކުން ފައިސާ ނަގަމުންދާ ކަމަށާއި އެހެންވެ މާދަމާއިން ފެށިގެން ބޭރުގެ އޭޓީއެމްތަކުން މަހަކަށް ނެގޭނީ 125 ޑޮލަރު ކަމަށާއި 10 ޑޮލަރުގެ ފީއެއް ވެސް ނަގާނެ ކަމަށް ބޭންކުން ބުންޏެވެ.

"މިއަދު މި ބަދަލުތައް ގެނެވުނީ މުޅި މުޖުތަމައުގެ ބޭނުންތައް ހަމަހަމަ އުސޫލަކުން އިންތިޒާމުކުރުމަށް އިސްކަންދިނުމުގެ ގޮތުން،" ބީއެމްއެލް އިން ބުންޏެވެ.

ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކަށް މަހަކަށް ކަނޑައެޅޭ ލިމިޓް މީގެ ފަހުން ބަލާނީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަހުގެ ފަހު ދުވަހާ ހަމައަށް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް