ads
އައިޖީއެމްއެޗް ހޮސްޕިޓަލް
ޑެންގީ ހުން ޖެހިގެން ޒުވާނެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި
ޑެންގީ ހުން ޖެހިގެން 23އަހަރުގެ ޒުވާނެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފިއެވެ.
Advertisement

ހާލު ދެރެވެ ފަރުވާދެމުން އަންނަނީ ށ. މިލަންދޫ ޒުވާނަކަށެވެ. އެ ޒުވާނަށް ފުރަތަމަ ފަރުވާދިނީ މިލަންދޫ ސިއްހީ މަރުކަޒުގައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އިތުރަށް ގޯސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނެވެ. އަދި އޭގެ ފަހުން ިއތުރު ފަރުވާއަށް އިއްޔެ ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށާފައެވެ. 

މި ޒުވާނާއަށް ފަރުވާދެމުން އަންނަނީ އައިސީގައި ވެންޓިލޭޓަރުގައި ބާއްވައިގެންކަމަށް އައިޖީއެމްއެޗުން ބުނެއެވެ. 

ހެލްތު މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި އަދަދުވަނީ  535 އަރާފައެވެ. މީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 107 މީހުން ިއތުރު އަދަދަކެވެ. އަދި މިދޔަ މަހު ޑެންގީ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދަކީ 2025 ވަނަ އަހަރުގެ މާރިޗުމަހާއި އަޅާ ބަލާއިރު ބޮޑު ތަނުން އިތުރު އަދަދެއްކަން ހެލްތް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;