ads
ޖަންނަތުގެ ޕޯސްޓަރު
ޑާކް ރެއިންގެ އާ ފިލްމުގެ ނަން އިއުލާނުކޮށްފި
ދިވެހި ސިނަމާ އަށް ވަރަށް ތަފާތު މޮޅު އެތަށް ފިލްމެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓާޓައިންމަންޑުން އެ ޕްރޮޑަކްޝަން އިން އަލަށް ނެރޭ ފިލްމުގެ ނަން އިއުލާނުކޮށްފި އެވެ.
Advertisement

"ޖަންނަތު" ނަން ދީފައިވާ މި ފިލްމުގެ ޕޯސްޓަރެއްވެސް މިއަދު ވަނީ އާންމުންނައް ދައްކާލާފައި އެވެ. 

މިކަމާއި ގުޅިގެން މުހައްމަދު އަލީ (މޮގާ) ސީއެންއެމް އަށް ވިދާޅުވީ މި ފިލްމު އާންމުންނާއި ހަމަޔަށް އަންނާނީ މި އަހަރުގެ އޮގަސްޓު މަހުގެ 3 ވަނަ ކަމުގައި އެވެ. 

މި ފިލްމަކީ އައިސަތު ފުއާދު ތައުފީގު އަދި އަހުމަދު ތޮލާލު ލިޔެ އަލީ ޝަފީއު ޑިރެކްޓުކޮށްފައިވާ ވަރަށް ތަފާތު ފިލްމަކަށް ވެގެން ދާނެ ކަމަށް ޑާކް ރެއިން އިން ބުނެ އެވެ. 

މި ފިލްމު ސިނަމެޓޯގްރަފީ ހަދާފައިވަނީ އަހުމަދު ޒިފާފު އެވެ.

your imageމިއަދު ދައްކާލި ޕޯސްޓަރުގެ ތެރެއިން

މި ފިލްމުގައި ސަރަފް، ސުހާ، ކޮޕީ އިއްސެ، އާއިދާ، އަފްރާހް އަދި އަންޖީ ފަދަ ތަފާތު ފަންނާނުން ފެނިގެންދާނެ ކަމަށް ޑާކް ރެއިން ވަނީ ފާހަގަ ކޮށްފައި އެވެ. 

ޑާކް ރެއިން އެންޓާޓައިންމަންޓް ފާހަގަ ކުރެވެނީ ތަފާތު މޮޅު ފިލްމުތަކެއް ނެރޭ އަދި އާންމުން ގެ މަގްބޫލު ޕްރޮޑަކްޝަން އެއްގެ ގޮތުގައި އެވެ. 

އެ ޕްރޮޑަކްޝަނުން އެންމެ ފަހުން ނެރުން ދެ ފިލްމު ކަމަށްވާ "އަލްވަދާއު" އަދި "އަލިފާން" ވެގެން ގޮސްފައިވަނީ އާންމުގެ ތައުރީފު އޮއްސާލި ވަރަށްވެސް ތަފާތު ފިލްމުތަކަކަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;