ޑެންގީ ހުން ޖެހިގެން ހާލު ދެރެވެ ފަރުވާދެމުން ދިޔައީ ށ. މިލަންދޫ ޒުވާނެއްކަމަށްވާ އުމުރުން 23 އަހަރުގެ އަހްމަދު ނަބްހާން މުހައްމަދު އެވެ.
އެ ޒުވާނަށް ފުރަތަމަ ފަރުވާދިނީ މިލަންދޫ ސިއްހީ މަރުކަޒުގައެވެ. އެހެންނަމަވެސް އެ ޒުވާނާގެ ހާލު އިތުރަށް ގޯސްވުމުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނެވެ. އަދި އެ ޒުވާނާ ނިޔާވީ އިތުރު ފަރުވާއަށް އިއްޔެ މާލެ ގެނެސް އައިޖީއެމްއެޗް އައިސީޔޫގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ހެލްތު މިނިސްޓްރީން އާއްމުކުރި ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ޑެންގީ ޖެހިގެން ރިޕޯޓްކުރި އަދަދުވަނީ 535 އަރާފައެވެ. މީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 107 މީހުން ިއތުރު އަދަދަކެވެ. އަދި މިދޔަ މަހު ޑެންގީ ކޭސްތައް ރިޕޯޓްކޮށްފައިވާ އަދަދަކީ 2025 ވަނަ އަހަރުގެ މާރިޗުމަހާއި އަޅާ ބަލާއިރު ބޮޑު ތަނުން އިތުރު އަދަދެއްކަން ހެލްތް މިނިސްޓްރީގެ ހިސާބުތަކުން ދައްކައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;