ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަ މެޖޯރިޓީ އޮންނަ ވިހި ވަނަ މަޖިލީހުން ގާނޫނުއަސާސީއަށް އެކި އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބައެއް އިސްލާހުތަކަށް މިހާރު ވަނީ އަމަލުކުރަން ފަށާފަ އެވެ. އޭގެތެރޭގައި މަޖިލީހުުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހު ފާހަގަކޮށްލެވެ އެވެ.
މިކަމާ ގުޅޭގޮތުން ގަޕޯ ވިދާޅުވީ މަޖިލީހުގެ މެންބަރުން ތަޅު އަޅުވާފައި ނުބޭތިއްބޭނެ ކަމަށާއި، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ މެދު ޕީއެންސީ އާއި އެމްޑީޕީން މަޝްވަރާކޮށްގެން އެކަމަށް ހައްލު ހޯދަންޖެހޭ ކަމަށެވެ.
މީގެއިތުރުން، ދައުލަތުގެ ފައިސާއަށާއި ކޮރަޕްޝަންގެ އަމަލުތަކާ މެދު ދައުލަތުގެ ވެރިޔަކަށް ހުންނަ މީހަކު ޒިންމާ އުފުލަން ޖެހޭނެ ކަމަށް ގަޕޯ ވިދާޅުވި އެވެ. އަދި ހުރިހާ ރައްޔިތުންގެ މެދުގައި ވެސް ހަމަހަމަކަމާއި އިންސާފު އޮންނަހެން ދައުލަތެއްގެ ގޮތުގައި ގައުމު ހިނގަން ޖެހޭނެ ކަމަށާއި، ގާނޫނުގެ ކުރިމަތީގައި އެއްވެސް މީހަކު އެކަހެރި ނުވެ އެންމެންނަށް ހަމަހަމަ ފުރުސަތުތައް ލިބެންޖެހޭނެ ކަމަށް ގަޕޯ ވިދާޅުވި އެވެ. އެގޮތަށް ކަންތައްތައް ދާނަމަ ރައްޔިތުންގެ ޝަކުވާތަކެއް ވެސް ނޯންނާނެ ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮންނަ މަޖިލީހުން ގާނޫނުއަސާސީއަށް އިސްލާހުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެޕްރީލް ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާ އެކު ނެގި ފެންނަ ނުފެންނަ ވޯޓުގައި ސަރުކާރުގެ ހުށަހެޅުމަށް ގާތްގަނޑަކަށް 70 އިންސައްތަ ރައްޔިތުން ވަނީ ނޫނެކޭ ބުނެފަ އެވެ. އެއީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވާ ގޮތަށް ބަދަލުކުރުމަށްޓަކައި ނެގި ވޯޓެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެ ދުވަހުގެ އިންތިހާބުގައި އިދިކޮޅު އެމްޑީޕީން ވަނީ ހުރިހާ ސިޓީއެއްގެ މޭޔަރު ގޮނޑި ވެސް ކާމިޔާބުކޮށްފަ އެވެ. އަދި ސަރުކާރުން ބޭނުންވި ގޮތާ ހިލާފަށް ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ ނުކުތް އިރު، ވެރިކަން ކުރާ ޕީއެންސީއަށް ކައުންސިލް އިންތިހާބުގައި ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.
މިހާރު އަމަލު ކުރަމުން އަންނަ ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް އަމަލު ކުރަން ފަށާފައި ވަނީ، މީގެ 17 އަހަރު ކުރިން 7 އޮގަސްޓު 2008ގަ އެވެ. އިސްލާހީ ވިސްނުންތަކުގެ އަލީގައި ރައްޔިތުން ބާރުވެރި ކުރުމަށް ގާނޫނު އަސާސީއަށް ގެންނާންޖެހޭ އިސްލާހުތައް ގެނައުމަށް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ހިޔާލާއި ބައިވެރިވުމަށް ގޮވާލައިފަ އެވެ.
އެގޮތުން "އެދޭ ރާއްޖެ" ހަރަކާތުން ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ކަށަވަރު ކުރުމަށް ގާނޫނުއަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމަކީ:
މި ކަންކަމަކީ އިލްމީ އަދި ފަންނީ ގައުމީ ބަހުސްތަކުން ހައްލު ހޯދޭނެ ކަންކަމަށްވާތީވެ މިހަރަކާތައް ދިވެހި އެންމެހާ ރައްޔިތުންނަށާއި، ސަރުކާރަށާއި، ސިޔާސީ ޕާޓީތަކަށާއި، ލޯކަލް ކައުންސިލްތަކަށާއި، މީޑިއާ އާއި، މަދަނީ ޖަމިއްޔާތައް ހިމެނޭހެން ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ދައުވަތު އަރުވާ ކަމަށް "އެދޭ ރާއްޖެ" އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;