ads
ގުޅިފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު އެއްކޮށް ހިއްކާ ނިންމާފައި.-- ފޮޓޯ: މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަކްޗާ
ޗައިނާ ކުންފުންޏަށް ނުވުމުން އާރުޑީސީއާ ހަވާލުކޮށް ގުޅިފަޅު މަގުތައް ހަދަން ފަށަނީ
ގުޅިފަޅުގެ ނަރުދަމާއި އާއި މަގުތައް ހަދަން ހަވާލުކުރި ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) ކުންފުންޏަށް އެ މަސައްކަތް ނުވުމުން ރޯޑް ޑިވޮލެޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އެ މަސައްކަތް ސަރުކާރު ހަވާލުކޮށްފައިވާކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުއްﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
Advertisement

ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ރައްޔިތުންނަށް ގޯތި ދޫކޮށްފައިވާ ކ. ގުޅީފަޅުގެ މަގުތަކާއި އެ ރަށުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުނިސިޕަލް އިމާރާތްތައް އަޅަން ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖެނުއަރީ 6 ވަނަދުވަހުއެވެ. އެ މަޝްރޫގެ ދަށުން އެ ރަށިގެ މަގުތައް ހެދުމުގެ އިތުރުން ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް ގާއިމުކުރުމާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ގާއިމުކުރުމުގެ އިތުރުން ޑީވޯޓަރިން ސިސްޓަމް ގާއިމުކުރުން ފަދަ މަސައްކަތްތައް އެ ކުންފުނިން ކުރަންޖެހެއެވެ. އަދި އޭގެ ކުރިން 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަދުވަހުވެސް ގުޅިފަޅުގެ މަގުތައް ހެދުމަށް ސީއެމްސީއާ އެކު މިނިސްޓަރު މުއްތަލިބް ސޮއިކުރައްވާފައިވެއެވެ. 

ރައްޔިތުން މަޖީލީހުގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު މުއްތަލިބް މިއަދު ވިދާޅުވީ ގުޅިފަޅުގެ މަސައްކަތްތައް ހަވާލުކުރި ޗައިނާގެ ސީއެމްސީ ކުންފުންޏަށް އެކަން ނުވުމުން މިހާރު އެ މަސައްކަތްތައް އާރުޑީސީއާ ހަވާލުކޮށްފައިވާކަމަށެވެ. މުއްތަލިބް ވިދާޅުވީ މަޝްރޫއު ހިންގަން ޗައިނާ ކުންފުންޏަށް ފައިސާ ނުހޯދުނީ ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުންކަމަށެވެ. 

" ގުޅިފަޅުފުގައި ސޮއިކުރީ ފައިނޭސް ކޮންޓްރެކްޓެއްގައި. މާނައަކީ ފައިސާ ހަމަޖައްސައިގެން އައީމަ އެ ކޮންޓްރެކްޓް އެކްޓިވްވެގެން މަސައްކަތް ފެށިގެންދާނެ. އެހެންނަމަވެސް ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ކޮންޓްރެކްޓަރަށްވެސް އެ ފައިނޭންސް ހަމަޖައްސާ ނުދެވިގެން ލަސްވެގެންދާތީ ސަރުކާރުން މިހާރު ސަރުކާރުގެ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަނަށް ވަރަށް ބައިވަރު ވެހިކަލްތައްވެސް ގެނެސްފި، އެހެންވެ ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން މެދުވެރިކޮށް ވަރަށް އަވަހަށް ގުޅިފަޅުގެ ފެނާއި ނަރުދަމާ އާއި މަގު ހެދުމުގެ މަސައްކަތް ފަށައިގެން ކުރިޔަށް ގެންދާނަން" މުއްތަލިބް ވިދާޅުވިއެވެ.

ސަރުކާރުގެ ވިސްނުމަކީ ބޭރު ކުންފުނިތަކަށް ފައިނޭންސް ނުލިބިގެން މަޝްރޫއުތައް ނުފެށުނުކަމުގައި ވިޔަސް ސަރުކާރުން ބަޖެޓްގެ ތެރެއިންވެސް އެ މަސައްކަތް ކުރުންކަމާށް މުއްތަލިބް ވިދާޅުވިއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;