އައިލެންޑް އޭވިއޭޝަނުން ބުނީ މޯލްޑިވިއަނުން އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް ފަށާނީ އަންނަމަހުގެ 17 ވަނަދުވަހުކަމަށެވެ. އެގޮތުން ފުރަތަމަ ފްލައިޓް އެދުވަހު އޮސްޓްރޭލިއާއަށް ދިޔުމަށްފަހު އެނބުރި ރާއްޖެ އަންނަނީ 19 ވަނަ ދުވަހުކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. މި ދަތުރުތައް ކުރާނީ މެލްބަންއަށްކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.
މޯލްޑިވިއަންގެ ދަތުރުތައް އޮސްޓްރޭލިއާ ފެށުމަށްފަހު ކޮންމެ ހަފްތާއަކު އެއް ފްލައިޓް އޮންނާނެކަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. އަދި ދަތުރުތަކަށް ޑިމާންޑް އިތުރަވަމުންދާނަމަ ދަތުރު އިތުރުކުރަން ނިންމާައިވާކަމަށްވެސް މޯލްޑިވިއަނުން ބުނެއެވެ.
އޮސްޓްރޭލިއާ އާއި ރާއްޖެއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ބޭއްވުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 19 ވަނަދުވަހުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ އެދުވަހުން ފެށިގެން ދެ ގައުމުގެ ދެމެދު އެއާލައިންތަކަށް އެއްވެސް ހުރަހެއް ނެތި ދަތުރުތައް ކުރެވޭނެ ކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;