ads
މުޅި ރާއްޖޭގައި ޑެންގީ ފެތުރޭތީ ރައްކާތެރިވެ، ސަމާލުވާން އެދެފި
ޑެންގީ ހުން ޖެހިގެން މުޅި ރާއްޖޭގައި ރިޕޯޓުކުރާ މިންވަރު އިތުރުވެފައިވާތީ ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
Advertisement

އެޗްޕީއޭއިން ބުނީ، ރާއްޖޭގެ ހުރިހާ އަތޮޅަކުން ވެސް ޑެންގީގެ ކޭސްތައް ފެންނަ މިންވަރު އިތުރުވަމުންދާ ކަމަށެވެ. އެގޮތުން، ކުރިއަށް އޮތް މޭ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ބަލިޖެހޭ މީހުންގެ އަދަދު އިތުރަށް މަތިވާނެ ކަމަށް އެޗްޕީއޭއިން ލަފާކުރެއެވެ.

މި ބަލި ފެތުރުން ކޮންޓްރޯލްކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމަށާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލައި ފޮލޯ-އަޕް ހެދުމަށް ވަނީ އަންގާފައެވެ. އަދި ރަށްރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރުކޮށް، އެޗް.ޕީ.އޭ އަށް ގަވާއިދުން ރިޕޯޓް ކުރުމަށްވެސް ވަނީ އަންގާފަ އެވެ.

މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ދައުލަތުގެ މުއައްސަސާތަކާއި، ކައުންސިލްތަކާއި، އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން ވަކިވަކި ފަރުދުން ގުޅިގެން މަސައްކަތް ކުރުމަކީ މިވަގުތު ނުހަނު ބޭނުންތެރި ކަމެއްގެ ގޮތުގައި އެޗްޕީއޭއިން ބުނެފައި ވެއެވެ.

އެޗްޕީއޭ އިން މިމަހު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ޑެންގޫ ހުމުގެ 535 ކޭސް މިދިޔަ މަހު އެކަނި ވެސް ރިޕޯޓުކޮށްފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހު އެ އަދަދު ހުރީ 60 ގަ އެވެ. އާދަޔާ ހިލާފަށް ޑެންގޫގެ ކޭސްތައް އިތުރުވެފައިވާއިރު ޑެންގީ ހުން ޖެހިގެން ފަރުވާ ހޯދަމުން ދިޔަ ޒުވާނަކު މިދިޔަ ހޯމަ ދުވަހު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ އައިޖީއެމްއެޗުގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;