ads
ހޮރްމޫޒް ކަނޑޯޅިން ތެޔޮ ޓޭންކަރެއް ދަތުރުކުރަނީ -- ފޮޓޯ: އޭއެފްޕީ
އިރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވައިފި، ތެލުގެ އަގު ދަށަށް!
އިޒްރޭލާއި ލުބްނާނާ ދެމެދު ހަނގުރާމަ މެދުކަނޑާލުމަށް އެއްބަސްވުމާ ގުޅިގެން، ހޮރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލާފައިވާ ކަމަށް އީރާނުން މިއަދު ބުނެފި އެވެ.
Advertisement

އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ މި ނިންމުން ނިންމީ އިޒްރޭލުން ލުބްނާނަށް ހަމަލާތައް ދިނުން މެދުކަނޑާލަން އެއްބަސްވުމާ ގުޅިގެން ކަމަށެވެ. އެގޮތުން ލުބްނާނަށް ހަމަލާތައް ދިނުން ހުއްޓާލަން އެއްބަސްވި 10 ދުވަހުގެ މުއްދަތާއި ހަމައަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް، އެ ސަރަހައްދު މިހާރު މުޅިން ހުޅުވާލާފައިވާ ކަމަށް އަރަގްޗީ ވިދާޅުވި އެވެ.

މިގޮތުން ދަތުރުކުރުމުގައި އަމަލުކުރަންވާނީ އީރާނުގެ "ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަން" އިން ކުރިން ކަނޑައަޅައި އިއުލާންކޮށްފައިވާ ރޫޓުތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

އިރާނުގެ މި ނިންމުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

ޓްރަމްޕް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިރާނުން ކަނޑޯޅި ހުޅުވާލުމުން އެކަމަށް ޝުކުރު އަދާކުރެއްވި އެވެ.

ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު މަގު ބަންދުވެފައި އޮތީ ހަމަނުޖެހުންތަކާ ގުޅިގެން ފާއިތުވި ހަފުތާތަކުގަ އެވެ. ކަނޑުއޮޅި ހުޅުވާލުމާ އެކު ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު ވަނީ ގާތްގަނޑަކަށް 11 ޕަސަންޓަށް ވުރެ ބޮޑަށް ދަށްވެފަ އެވެ.

ލޮއިޑްސް ލިސްޓް އިންޓެލިޖެންސް އިން ރިޕޯޓްކުރާ ގޮތުގައި، ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން 325 ޓޭންކަރު ހިމެނޭހެން 600 އަށްވުރެ ގިނަ އުޅަނދު ވަނީ ގަލްފްގެ ތެރޭގައި ތާށިވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;