އެމްޓީސީސީން ބުނީ އަލަށް ތައާރަފްކުރާ މި ރޫޓުގެ ސަބަބުން އެ ސަރަހައްދުގެ ދަތުރުފަތުރު އިތުރަށް ފަސޭހަވެ، ކަސްޓަމަރުންނަށް އަވަސް ޚިދުމަތެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އެއްފަސްކޮށް އޮންނަ ހުޅުދު އާއި މީދޫ ހިއްސާކުރާ ބަނދަރާއި ގަމާ ދެމެދު ކުރާ މި ދަތުރުތަކަށް ހޭދަވާނީ ގާތްގަނޑަކަށް 21 މިނެޓެވެ.
އެ ކުންފުނިން އާންމުކޮށްފައިވާ ދަތުރުތަކުގެ ތާވަލުގައިވާ ގޮތުން، ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަހަކު ވެސް ގަމުން އެ ދެ ރަށަށް ސްޕީޑް ފެރީގެ ހަތަރު ދަތުރު ކުރާނެ އެވެ.
ހުކުރު ފިޔަވައި އެހެން ދުވަސްތަކުގައި ގަމުން ފުރާ ގަޑިތައް:
ހެނދުނު 7:02
މެންދުރު 11:32
މެންދުރުފަހު 3:02
ރޭގަނޑު 8:17
ހުކުރު ދުވަހު ގަމުން ހުޅުމީދުއަށް ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ހެނދުނު 9:02، މެންދުރުފަހު 3:02 އަދި ރޭގަނޑު 8:02 ގަ އެވެ.