އެމްއެންޑީއެފް އިން ބުނީ މި ކިނބޫ ފެނިފައިވަނީ ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަށް ޑިންގީއެއްގައި ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރު ކަމަށެވެ. އެ ރަށުން ކިނބޫ ފެނުމާއެކު، އެމީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފަ އެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރު އެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ނައިފަރަށް ގޮސް، އެ ކިނބޫ ޅ. މާފިލާފުއްޓަށް ގެނެސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;