ads
އިންތިހާބުގައި ރަސްދޫ، ތޮއްޑޫ އަދި އުކުޅަހުން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން
ފެންނަ ނުފެންނަ ވޯޓްގައި ލިބުނީ ބޮޑު ނާކާމިޔާބީއެއް، ޓީމުތައް މަސައްކަތް ނުކުރޭ : ރައީސް
ދެ އިންތިހާބު އެއްކޮށްލަން ފޭނޭތޯ ނެގި ފެންނަ ނުފެންނަ ވޯޓުގައި ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ މިމަހުގެ 4 ވަނަ ދުވަހު ބޭއްވި  ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އއ. ރަސްދޫ، ތޮއްޑޫ އަދި އުކުޅަހުން ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަކުރުމަށް މިރޭ ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި  ޕީއެންސީން ވާހަކަ ދެއްކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ތާއިދުކޮށް ކަމަށެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ލިބުނީ ބޮޑު ނާކާމިޔާބީއެއް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.  އެހެންނަމަވެސް އެއީ ރައްޔިތުންގެ ނިންމުން ކަމަށާއި، ރައްޔިތުންގެ ނިންމުން ފުރިހަމައަށް ބަލައިގަނެ، ގެންނަންޖެހޭ އިސްލާހީ ބަދަލުތައް ގެންނަމުންދާނެ ކަމަށް ރައީސް މުއިއްޒު މިރޭވެސް ވިދާޅުވިއެވެ. 

ރައީސް މުއިއްޒި ވިދާޅުވީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި ޕީއެންސީއަށް ނާކާމިޔާބުވީ ޕީއެންސީގެ ކެމްޕޭން ޓީމްތަކަށް އެކަށީގެންވާ މަސައްކަތް ނުކުރުމުންކަމަށެވެ. އަދި އެކަމުގައި މުޅި ޓީމު ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

" [ފެންނަ ނުފެންނަ] ވޯޓު ނާކާމިޔާބުވި ސަބަބުތަކުގެ ތެރޭގައި އަޅުގަނޑުމެންގެ ފަރާތުން، މިދެންނެވީ ޕީއެންސީގެ މުޅި ކެމްޕޭން ޓީމްގެ ވާހަކަ މި ދައްކަނީ، އެކަށީގެންވާ މަސައްކަތެއް ނުކުރެވޭ އެކަމަކަށް. އެއީ އެހާ ސާފުކޮށް އޮތް މައްސަލައެއް. އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފައެއް ރައްޔިތުންނަކަށް." ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒި ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުގައި އިދިކޮޅު ފަރާތްތަކުން ފެތުރީ ދޮގުކަމަށެވެ. އަދި ރައްޔިތުންނާއި ހަމައަށް ދިޔައީ އެ ދޮގުތައްކަމަށާއި ޕީއެންސީ ޓީމަށް މަސައްކަތް ނުކުރެވޭކަމަށެވެ. 

" އެ ވޯޓުގައި އިދިކޮޅު ފަރާތްތަކުން އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރި، އެކި ކަހަލަ ދޮގު ވާހަކަތައް ފެތުރީމާ އެ ވާހަކަތައް އެކަނި ރައްޔިތުންނާ ހަމައަށް ދިޔައީ، އެހެންވީމާ ކޮންފިއުޝަނެއްގައި ދިޔައީ މިކަން، އަޅުގަނޑުމެންނަކަށް ނެތް ކިޔައިދެވިފަ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ރަސްމީ ނަތީޖާއިން ދައްކާގޮތުގައި، ވޯޓުލީ 221،111 މީހުންގެ ތެރެއިން 148،859 މީހުން ވޯޓުދިނީ ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށެވެ. އެއީ ވޯޓުގައި ބައިވެރިވި މީހުންގެ 68.7 އިންސައްތައެވެ. ފެންނަ ކަމަށް ވޯޓުދިނީ 67،680 މީހުންނެވެ. މީ ޕީއެންސީގެ ދަފްތަރުގައި ތިބި މެމްބަރުންގެ އަދަދަށްވުރެވެސް މަދު އަދަދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;