ads
ފައްޔާޒު އަދި ނަޝީދު
ބޮޑު ބަދަލުގެ ނަމުގައި ނަޝީދާއި ފައްޔާޒް މިއަދު ނޫސްވެރިންނާ ބައްދަލުކުރަނީ
"ބޮޑު ބަދަލު" ގެ ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިއަދު ނޫސްވެރިންނާ ބައްދަލުކުރަން ނިންމާ އިއުލާންކޮށްފިއެވެ.
Advertisement

މި ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. 

މި ބައްދަލުވުމަށް ނޫސްވެރިންނަށް ދައުވަތު ފޮނުވާފައިވަނީ " ބޮޑު ބަދަލު" މި ނަމުގައެވެ. އެހެންނަމަވެސް މިއަށްވުރެ އިތުރު ތަފްސީލެއް ރައީސް ނަޝީދުވެސް އަދި ފައްޔާޒުވެސް މިހާތަނަށް ދީފައެއް ނުވެއެވެ.

ނަޝީދާއި ފައްޔާޒު ނޫސްވެރިންނާއި މި ބައްދަލުކުރަނީ ލޯކަލް ކައުންސިލް އިންތިހާބަށްފަހު އެމްޑީޕީ ތެެރޭގައި ޖެހުނު މައްސަލަ ހައްލުކޮށް ޕާޓީގެ ޗެއާޕާސަން ލަދާފޭން 6 މެމްބަރުންގެ ކޮމެޓީއެއް އުފައްދާފައި ވަނިކޮށެވެ. އަދި އެ ކޮމެޓީގައި ރައީސް ނަޝީދާއި ފައްޔާޒުވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ރައީސް ނަޝީދަށް ގައުމީ މަޖިލިހުގެ މެމްބަރުކަން ދޭންވެސް ވަނީ ނިންމާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;