ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް، 6،195.27 އަކަފޫޓުގެ ބިމެއްގައި ޖުމްލަ 3345 އަކަފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވިފައިވާ މި އިމާރާތުގައި، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިންގ ވަނީ ގާއިމުކޮށްފަ އެވެ.
މިރޭ ހުޅުވުނު އާ އިމާރާތް ތަރައްގީކުރުމަށް ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއެކު ބިމުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 2022 ވަނަ އަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހުގައެވެ. އެއަށްފަހު އިމާރާތުގެ ބިންގާ އެޅުނީ 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ އަށްވަނަ ދުވަހުގަ އެވެ.
މި އާ އޮފީސް ކޮމްޕްލެކްސް ހުޅުވުމަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނި ބަރޯސާވުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ މުހިންމު މަޝްރޫއުތައް ތަރައްޤީކޮށް، ކުންފުނީގެ އިންވެސްޓްމަންޓްތައް އިތުރަށް ވަރުގަދަކުރުމަށް ކުރާ މަސައްކަތް ފުޅާކޮށް، ހިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށްވެސް އެމްޓީޑީސީއިން ބުންޏެވެ.