ads
ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި 5 ވަނަ މީހާ
4 މިލިއަން ރުފިޔާ ވައްކަމުގައި އިތުރު މީހަކު ހައްޔަރުކޮށްފި
މިދިޔަ މަހުގެ ތެރޭގައި ނަލަހިޔާ ރެޒިޑެންސްގެ އެޕާޓްމަންޓަކުން ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހޯދަމުން ދިޔަ މީހާ ހައްޔަރުކޮށްފިއެވެ.
Advertisement

މި މައްސަލާގައި މީގެކުރިން ވަނީ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އަދި އެކަމުގައި ބައިވެރިވި ފަސްވަނަ މީހާ ހޯދަމުން ދާކަމަށް ފުލުހުން އޭރު ވަނީ ބުނެފައެވެ. 

މި މައްސަލާގައި ހައްޔަރުކުރި ފަސްވަނަ މީހަކީ ޖަޒީލާމަންޒިލް / ހދ.ނޮޅިވަރަންފަރު، ޖަޒީލު މުޙައްމަދު (47އ) އެވެ. މީނާ ހައްޔަރުކުރީ މިމަހުގެ 16 ވަނަ ދުވަހުކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ. 

މިމައްސަލާގައި ހައްޔަރުކުރީ މީހުންގެ ތެރޭގައި ބޭބެ މާރާލަން ހަމަލާދިން މައްސަލައެއްގައި 10 އަހަރުގެ ހުކުމެއް އިއްވާފައި ހުރި އިސްމާއިލް އާސިފް ހިމެނެއެވެ. އޭނާގެ 10 އަހަރު ޖަލު ހުކުމް 5 ދުވަހަށް ބަދަލުކޮށް އޭނާ މިނިވަންކޮށްފައިވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސާލިހްއެވެ.

މި ވައްކަމުގައި ޖުމުލަ 4،000،000 ދިވެހި ރުފިޔާ ވަގަށް ނަގާފައިވާއިރު އެ ފައިސާގެ ތެރެއިން ހޯދިފައިވަނީ 50،000 ދިވެހި ރުފިޔާކަމަށް ފުލުހުން ބުނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;