ads
އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރު
ފައްޔާޒަށް ރިޔާސީ ޓިކެޓު ދޭން އައްޑޫ މޭޔަރު ނިޒާރު ތާއީދުކުރައްވައިިފި
އަންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް، އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްއަށް ދިނުމަށް، އައްޑޫ މޭޔަރު އަލީ ނިޒާރު ތާއީދު ކުރައްވައިފި އެވެ.
Advertisement

ނިޒާރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީގެ ޗެއާޕާސަން ކަމަށް ނަޝީދު ކުރިމަތިލައްވައި، ޕާޓީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ އެމްޑީޕީން ކުރަމުންދާ ސިޔާސީ މަސައްކަތަށް ލިބޭ ކުރިއެރުމެއް ކަމަށެވެ.

"ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޕާޓީގެ ކުރީގެ ޗެއާޕާސަން އުސްތާޒް ފައްޔާޒަށް ރިޔާސީ ޓިކެޓް ހޯދަދިނުމަށް ތާއިދު ކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމަކީ އަޅުގަނޑަށް ވަރަށްބޮޑަށް ތާއީދުކުރެވޭ އަގުހުރި ނިންމެވުމެއް،" ނިޒާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ފައްޔާޒަކީ ރާއްޖެއަށް ބޮޑެތި ސިޔާސީ އިސްލާހުތައް ގެންނަން ޖެހޭ މި ދަނޑިވަޅުގައި، ކެރިގެން އެކަން ކުރެވޭނެ ސިޔާސީ ލީޑަރެކެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ވެރިކަމަށް ގެނެސް، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ،  ނަޝީދާއި ކުރީގެ އިކޮނޮމިކް ފައްޔާޒް ވަނީ "ބޮޑު ބަދަލު"ތަކެއް ގެންނަން ވެސް ހުށަހަޅުއްވައިފަ އެވެ.

މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން އެދިވަޑައިގެންފަ އެވެ. 

އަދި، އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފަ އެވެ. ނަމަވެސް ނަޝީދާއެކު މަޝްވަރާގެ މޭޒަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;