ads
އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން
ރޭގައި ފުލުހުން ބާރެއް ބޭނުންނުކުރަން ފަތުރަނީ ދޮގު ވާހަކަ: ޕޮލިސް
މާލޭގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުން ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ނުކުރާކަމަށާއި މީހަކަށް ފުލުހުން އަނިޔާކުރިކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއްކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ރޭގެ އެއްވުމުގަިއ އަނިޔާވި މީހަކަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން މައްމަޒަރު ފެންނަ ވީޑިއޯތަކެއް ވަނީ އާއްމުވެފައެވެ. އަދި އެމީހާއަށް އަނިޔާވީ ފުލުހުން ކަރަންޓް މުގުރު ބޭނުންކުރުމުންކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ. 

އެވާކަތަކާއި ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއްވުމެއް ހިނގަމުންދިޔަ ސަރަހައްދަކުން ރޭގެ ވަގުތެްގައި ހޮސްޕިޓަލަށް ގެންދެވުނު މީހަކަށް އަނިޔާވެފައިވަނީ އެއްވުމާއި ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ދިވެހި ފުލުހުންގެ ހިދުމަތުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. 

ފުލުހުން ބުނީ އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން ހިންގި އެއްވެސް ހަރަކާތަކާއި އެ މީހާއަށް އަނިޔާ ލިބުމާއި ނުވަތަ ހާލު ދެރަވުމާއި ގުޅުމެއް ނުވާކަމަށެވެ. 

" ފެތުރެމުންދާ ވާހަކަތަކާއި ހިލާފަށް ރޭގެ އެއްވުން ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައެއް ނުވެއެވެ. އަދި އެއްވުމާއި ގުޅިގެން ފުލުހުން އެޅި އެއްވެސް ފިޔަވަޅެއްގެ ސަބަބުން ހިނގާފައިވާ ކަމެއް ނޫންކަމުގެ ޔަގީންކަންވެސް އަރުވަމެވެ." ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ހަގީގަތާއި ހިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުކުރާކަމަށެވެ. އެހެންކަމުން މައުލޫމާތު ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ މައުލޫމާތު ނުފެތުރުމަށް އިދާރާތަކަށާއި މީޑިއާތަކަށާއި އާއްމުންނަށް ފުލުހުން އިލްތިމާސްކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;