ads
ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް
ޕޭ ކޮމިޝަނުގެ އެސްޖީ ފައިޒަލް މަގާމުން އިސްތިއުފާ ދެއްވައިފި
ނޭޝަނަލް ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ފައިޒަލް އެ މަގާމުން ރޭ އިސްތިއުފާ ދެއްވައިފިއެވެ.
Advertisement

ޕޭ ކޮމިޝަން ދުވަހުން ދުވަހަށް ހިންގުމުގައި އިސްކޮށް ހުންނެވި ފައިޒަލް މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް އެނގިފައިވާ ގޮތުގައި އޭނާ މަގާމުން އިސްތިއުފާދެއްވީ ސަރުކާރުން އެދިގެންނެވެ. 

ފައިޒަލް މަގާމުން އިސްތިއުފާދެއްވިކަން ފިނޭންސް މިނިސްޓްރީންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޭ ކޮމިޝަނަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކުގެ ސިޔާސަތުތައް ކަނޑައަޅާ މައި އިދާރާއެވެ. ޕޭ ކޮމިޝަނުން ރޭ ބުނީ ދައުލަތުގެ މުސާރަތައް އެއްހަމަކުރުމަށް އާ ޕޭ ފްރޭމްވޯކަށް މިހާތަނަށް ހިޖުރަ ކޮށްފައިވާ މުއައްސަސާތަކުން ދެނެގަނެވިފައިވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ ކޮމިޝަނަށް ލިބިފައިވާ މައްސަލަތައް ބަލައި އެކަމާ ގުޅުން ހުރި އިދާރާތަކާ މަޝްވަރާކޮށް، އެ ކަންތައްތަކަށް ހައްލު ހޯދަމުން އަންނަކަމަށްވެސް ޕޭ ކޮމިޝަނުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;