ދިވެހި ޖީޕީޓީގެ ހިދުމަތް ދޭނެ ފަރާތެއް ހޯމް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

Advertisement
ހޯމް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގައި ހިމެނޭ ހިދުމަތް 02 އަހަރު ދުވަހުގެ މުއްދަތަށް ޓެކްނިކަލް ސަޕޯޓާއެކު ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރީޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ / ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ގޮސް އަންދާސީ ހިސާބު ހުށަހެޅުމަށް މިނިސްޓްރީން އެދެއެވެ.
ބޭނުންވާ ރިކުއާމަންޓްތައް
- މީޓިންތަކުގައި ވާހަކަދައްކާ ކޮންމެ ސްޕީކަރ އެއް ވަކިން އެނގޭނެ ގޮތަށް ޔައުމިއްޔާ ލިޔެވުން ދިވެހި އަދި އިނގިރޭސި
- ޔައުމިއްޔ/ާޓްރާންސްކްރިޕްޓް ހުލާސާ ކުރުން
- ރިޕޯރޓް ޖެނެރޭޓް ކުރެވުން
- ޗެޓް ކުރުން އަދި މައުލޫމާތު ހޯދުން
- ޕ.ީޑ.ީއެފް ފައިލްތަކުގައި ގައި ހުންނަ ލިޔުންތައް ދެނެގަނެ ލިޔުމަށް ބަދަލުކުރުން
- ލިޔުން އުފެއްދުން އަދި ތަރުޖަމާ ކުރުން (ސިޓ/ީނޯޓ/ުމެއިލ/ްކޮންސެޕްޓް ކަރުދާސް)
- އޯޑިއޯ ރިކޯޑިންގްއިން އޮޓޮމެޓިކުން ޔައުމިއްޔާ ލިޔުމަށް
- ވާހަކަދެއްކުންތެރިން ވަކިކޮށް އަޑުން ލިޔުން 3000 މިނެޓް
- ޓްރާންސްކްރިޕްޓް ޚުލާސާކުރުން 1500 (20000 އަކުރު ޓްރާންސްކްރިޕްޓް )
- ފޮޓޯ ނުވަތަ ޕ.ީޑ.ީއެފް ފައިލްގައި ހުންނަ ލިޔުންތައް ނެގުން
- ފޮޓޯގައި ހުންނަ ލިޔުންތައް ދެނެގަނެ ލިޔުމަށް ބަދަލުކުރުން 2000 ފޮޓޯ
- ޕ.ީޑ.ީއެފް ފައިލްގައި ހުންނަ ލިޔުންތައް ދެނެގަނެ ލިޔުމަށް ބަދަލުކުރުން 2000 ސަފްހާ
- ލިޔުން އުފެއްދުމާއ،ި ތަރުޖަމާކުރުމާއ،ި މަޢުލޫމާތު ހޯދުމަށް 10000 ސުވާލު )3 ހާސް
- 25 ޔުޒަރސް
މި ހިދުމަތް ފޯރުކޮށްދިނުމަށް ބެނުންވާ ހުރިހާ ހާޑްވެއަރ އެއް ފޯރުކޮށްދޭންވާނީ ޚިދުމަތް ދޭ
ފަރާތުންނެވ.ެ އަދި މިޚިދުމަތާއި ގުޅިގެން ބޭނުންވާ ހުރިހާ ޓްރެއިނިން އެއް ފޯރުކޮށްދޭންވާނީ ޚިދުމަތް ފޯރުކޮށްދޭ ފަރާތުންކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.